ސީއެމްބިއުލަންސް ލޯންޗަކާއި، އެހެން ލޯންޗެއް ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.
އެމްއެންޑީއެފުން ވިދާޅުވީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލަންސް ލޯންޗަކާއި މާލެ އިން ފުރައިގެން ދަތުރުކުރި އެހެން ލޯންޗެއް އިތާފުށި ރިސޯޓު ކައިރިން ކަނޑުމަތިން އެކްސިޑެންޓުވެފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ މެންދަމު 01:00 ހާއިރު ކަމަށް އެންއެންޑީއެފުން ރޭ ވިދާޅުވެފައި ވެއެވެ.
މި ހާދިސާގައި ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
''މި ހާދިސާ ހިނގި އިރު ސީއެމްބިއުލަންސް ލޯންޗުގައި 8 މީހުން ތިބި. މީގެ ތެރެއިން 2 މީހަކައަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެކްސިޑެންޓްވި އަނެއް ލޯންޗުގައި 2 މީހުން ތިބި. އޭގެ ތެރެއިން އެ ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވޭ.''
އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
މި ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ ހަރަކާތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!