ކ. މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަފާރީގެ ވެރިމީހާ ފިހިއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ''އޯސަން ޑައިވިން'' ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި ފިހިފައި ވަނީ އެ ސަފާރީގެ ވެރިމީހާ ކަމަށާއި، އެއީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެ ހާދިސާގައި ފިހުނު ސަފާރީގެ ވެރިމީހާ ވަނީ މާފުށީ ލޯންޗެއްގައި މާފުއްޓަށް ގެންގޮސްފައި ކަމަށާއި، އަދި އަލިފާން ރޯވުމާއެކު އެ ސަފާރީގައި ތިބި މީހުން މާފުށީ ލޯންޗަކަށް ބަދަލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެ ހާދިސާ ހިނގި އިރު އެސަފާރީ ގައި ތިބީ 13 ޓޫރިސްޓުންނާއި ފަސް ފަޅުވެރިންނެވެ. ސަފާރީގެ ކެޕްޓަން އަކަށް ހުރީ ދިވެއްސެކެވެ.
އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ ސަފާރީގެ އިންޖީނު ރޫމުގައި ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި ފަޔާ އެންޑް ރެސްކިއު ލޯންޗު ގޮސް ެސަފާރީގައި ރޯވި އަލިފާން 14:17 ގައި ނިއްވާލާފައި ވާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ،މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުނު 01:24 ހާއިރު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!