މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޑީއެފް

526 Stories filed
''އަޒުމަކީ ސިފައިންގެ އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދުން''
Raajje

''އަޒުމަކީ ސިފައިންގެ އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދުން''

ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ އުފެއްދުމަށް މަގުފަހިކުރުމަކީ އެމަނިކުފާނުގެ އަޒުމެއްކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިޤްލާލު ހިމާޔަތްކޮށް،...

ރައީސްގެ މެޑެލި 49 ސިފައިންނަށް
Raajje

ރައީސްގެ މެޑެލި 49 ސިފައިންނަށް

133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވާފައިވާއިރު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 49 ސިފައިންނަށް ރައީސްގެ މެޑެލި ދެއްވާފައެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް މުޢިއްޒެވެ. އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި ވަޒީރުންނާއި ސަރުކާރުގެ ވެރިން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމި...

''ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ޤައުމާއި ރައްޔިތުން''
Raajje

''ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ޤައުމާއި ރައްޔިތުން''

ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހީންގެ އެވޭލާ ތާރީޚުގެ ވާހަކަތައް ފެންނާން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ޤައުމު، އ...

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިން ޤުރުބާނީ: ރައީސް
Raajje

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިން ޤުރުބާނީ: ރައީސް

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި، ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުމެވެ. ”ދިވެހި މިނިވަންކަމުގެ ދަންމަރު އުދ...

އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި
Raajje

އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. 27 މާރިޗް 2027 ގައި “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ “އޮރެންޖް ހިޔާ” ގެ މަސައްކަތުގެ، ބޮޑު ބައެއް އަދިވެސް ނުނިމޭތީއާއެކު، އަދި ކޮންޓްރެކްޓްވެސް ހަމަވާތީ މިމަހުގެ...

ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި
Raajje

ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންނާއި، ދިވެހި ސިފައިން ގުޅިގެން ރޭ ހިންގަން ފެށި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ރޭ އެގާރަ ޖަހަން ކައިރިވެފައި ވަނިކޮށް ސަލާމަތީ ބާރުތައް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފެށިކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަން ފެށިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓް ކުޑައިރުކޮޅެއްތެރޭ ފުލުހުން ވަނީ ނަގާފައެވެ. އަދި ފަހުން މައުލޫމާތު ހާމަކުރާނެކަމަށް ބުނެ މީޑިއާތަކަށް މެސެޖެއް ފޮނުވިއެވެ. އެއަށްފަހު މެންދަމު 2:15 ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ...

ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސަލާމަތްކޮށްފި
Raajje

ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސަލާމަތްކޮށްފި

ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސިފައިންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، “ސުވެނިއަރ 34” ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ އެ އިދާރާއަށް މައުލޫމާތު ލިބުމުން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ލޯންޗް އޮތީ ތިލަފުށްޓާ ދިމާ ބޭރުގައެވެ. މި ލޯންޗަށް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ އުޅަނދުގައި 38 މީހުން ދިޔައީ ދަތުރު ކުރަމުންނ...

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ
Raajje

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މީގެ އިތުރުން މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ތައްޔާރީ...

ހުޅުމާލޭ ކެފޭއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
Raajje

ހުޅުމާލޭ ކެފޭއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

ހުޅުމާލޭގައި ހިންގަމުން އަންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ މައި މަގުގައި ހުންނަ “ޓީ-ހަޓް” ނަމަކަށް ކިޔާ ކެފޭގައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، އެ ކެފޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ އަލިފާން ނިއްވާ ޔުނިޓުން ވަގުތުން ހަރަކާތްތެރިވެފައިވެއެވެ. އެ ކެފޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފަވެއެވެ. އެހެންނަމަވެސް، މި ހާދިސާގައި އެއްވެސް [...

އައްޑޫ ހިތަދޫ ގެއެއްގައި ރޯވެ މީހުން ދިރިނޫޅެވޭވަރަށް ގެއްލުންވެއްޖެ
Raajje

އައްޑޫ ހިތަދޫ ގެއެއްގައި ރޯވެ މީހުން ދިރިނޫޅެވޭވަރަށް ގެއްލުންވެއްޖެ

އަލިފާނުގެ ހާދިސާއެއް ހިނގާ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ގެ ޢާއިލީ ގެއެއްކަމަށްވާ “ގާލެންޑް” ގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ވެއްޖެއެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މައުލޫމާތު ރޭ ފަތިހު 05:11 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށާއި، ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ ގޭގައި […]

މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ
Raajje

މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ގެއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ މާލޭ މާފަންނުގައި ހުންނަ ނިއުޕްލާޒާގައި ކަމަށެވެ. ނިއުޕްލާޒާގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނައިރު މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:11 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ނިއު ޕްލާޒާގައި އަލިފާން ރޯވިއިރު އިއްޔެ ހެނދުނު ވަނީ މާލޭގެ މާލޭގެ މ. ހައުސް ޕްލާޒާގަ...

ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި
Raajje

ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަތް މަސްބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަނިކޮށް ބޭރުގެ މަސްބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ. މި ބޯޓު އަތުލައިގަނެ، މިހާރު އޮތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓުތަކެއްކަމެއް ވެސް އިތުރު ތަފްސީލެއް ވެސް އަދި  ނުދެއެވެ. ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަ...

ޖަލާލުއްދީން މުވައްޒަފުންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ބާއްވައިފި
Thiladhunmathi News

ޖަލާލުއްދީން މުވައްޒަފުންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ބާއްވައިފި

ހދ. ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނެސް ކުލާހެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންގޮސްފިއެވެ. މި ކުލާސް ބޭއްވުނީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މި ކުލާހުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ދެވުނެވެ. މީގެ އިތުރުން، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައްވެސް ބައިވެރިންނާ ހިއްސާކުރެވުނެވެ....

ވިއްސާރާގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ
Raajje

ވިއްސާރާގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ،  ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެގޮތުން ވެސްޓްޕާކް ސަރަޙައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިފައިން ބުންޏެވެ. ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހ...

މާލޭގައި ފެންބޮޑުވުން: 104 ގެއަކަށް ސިފައިން އެހީވެއްޖެ
Raajje

މާލޭގައި ފެންބޮޑުވުން: 104 ގެއަކަށް ސިފައިން އެހީވެއްޖެ

ވިއްސާރާގައި މާލޭގައި ފެންބޮޑުވެ މިހާތަނަށް 104 ގޭބިސީއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ރޭ މެންދަމު މާލެއަށް ވެހެންފެށި ވާރެ ފަތިހު ވަނީ ހުއްޓާލާފައެވެ. ނަމަވެސް މި ވާރޭގައި މުޅި މާލޭގައި ހެން ފެންބޮޑުވިއެވެ. އެމްއެންޑީއެފުން މިއަދު ހެނދުނު 10:22 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިގޮތުން ގޭތަކަށް ފެންވަނުމުން ރަށްކާތެރިކޮށ...