ހުޅުމާލޭގައި ހިންގަމުން އަންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ މައި މަގުގައި ހުންނަ "ޓީ-ހަޓް" ނަމަކަށް ކިޔާ ކެފޭގައެވެ.

Ad
rt

އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، އެ ކެފޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ އަލިފާން ނިއްވާ ޔުނިޓުން ވަގުތުން ހަރަކާތްތެރިވެފައިވެއެވެ.

އެ ކެފޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފަވެއެވެ.

އެހެންނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ވަގުތާ ހަމައަށް، އެތަނުގައި އަލިފާން ރޯވަން މެދުވެރިވި ސަބަބު ސާފުވެފައެއް ނުވެއެވެ.