މާލޭގައި ފެންބޮޑުވުން: 27 ގެއަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
ވިއްސާރާގައި މާލޭގައި ފެންބޮޑުވެ 27 ގޭބިސީއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން މާލޭގެ ދެ ސަރަހައްދެއްގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މިހާތަނަށް 27 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ފަތިހު 5:31 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނެފަވެއެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން...