ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސިފައިންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ އެ އިދާރާއަށް މައުލޫމާތު ލިބުމުން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ލޯންޗް އޮތީ ތިލަފުށްޓާ ދިމާ ބޭރުގައެވެ. މި ލޯންޗަށް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ އުޅަނދުގައި 38 މީހުން ދިޔައީ ދަތުރު ކުރަމުންނެވެ.
މި ލޯންޗު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު މެންދުރު 14:00 ހާއިރު ވަނީ ތިލަފުށްޓަށް ވައްދާފައެެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިޔަދު ވަނީ 48 މީހުންނާއެކު އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިޔަށް ދިޔުމުގެ ހާދިސާއެއް ވެސް ހިނގާފައެވެ. މި ލޯންޗްގައި ދަތުރުކުރި އެންމެން ސަލާމަތްކޮށްފައި ވަނީ ފުލުހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!