މެދުއިރުމަތީގެ ގައުމުތަކުގައި ތިބި އެމެރިކާ މީހުން އެ ގައުމުތަކުން ފޭބުމަށް އަންގައިފި
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވަމުންދާތީ، އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި ތިބި އެމެރިކާގެ ރައްޔިތުން އެ ގައުމުތަކުން ފޭބުމަށް ނުވަތަ ފުރަން ތައްޔާރުވުމަށް އެމެރިކާގެ އެމްބަސީތަކުން އަންގައިފިއެވެ. މި އެންގުން ނެރެފައިވަނީ ބަހްރޭން، މިސްރު، އިރާގު، އިސްރާއީލް، އުރުދުން، ކުވެއިތު، ލުބުނާން، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އެމެރިކާގެ އެމްބަސީތަކުންނެވެ. އެމެރިކާގެ އެމްބަސީތަކުން ނެރުނު ސެކިއުރިޓީ އެލާޓްތަކުގައި ބުނެފައިވަނީ، ސަރަހައްދީ ހަމަނު...