ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވަމުންދާ ކަމަށް އިސްރާއީލުން ދިން މައުލޫމާތާމެދު ސީއައިއޭއިން ޝައްކުއުފައްދައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމަށް ބުނެ އިސްރާއީލުގެ އިންޓެލިޖެންސުން ދިން މައުލޫމާތަކީ އިތުބާރު ކުޑަ މައުލޫމާތެއްގެ ގޮތުގައި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ އެނަލިސްޓުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ އިންޓެލިޖެންސުން އެމެރިކާގެ އޮފިޝަލުންނަށް އިންޒާރު ދީފައިވަނީ، ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށްފަހު ރައީސް ޓްރަމްޕް ފުރާވަޑައިގަންނަވަނިކޮށް، އެމަނިކުފާނު ދަތުރުކުރައްވާ އެއާ ފޯސް ވަން ބޯ...