އެމެރިކާގެ ވައިޓް ހައުސް ކޮވިޑްގެ ހާއްޔަކަށް ވެފައިވަނީ ކީއްވެ؟
އޮފީސްތައް ތޮށްޖެހި، ބޭރުން ޒިޔާރަތް ކުރާ މީހުން ގިނަވެ، ވެރިމީހާ ވަނީ މާސްކު އެޅުމާއި ދެކޮޅުވެފައެވެ. ދަންކަން މިއުޅެނީ، އެމެރިކާގެ އެންމެ މުހިންމު ރައީސް އޮފީސް ވައިޓް ހައުސްގެ ވާހަކައެވެ. އިއްޔެ، ގިނަ ބައެއްގެ ކަންފަތްތަކުގައި ޖެހުނު އެންމެ ބޮޑު އެއް ވާހަކައަކީ، އެމެރިކާގެ ރައީސް އަދި އޭނާގެ އަންހެނުން، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ވާހަކައެވެ. މި ދެމަފިރިކަނބަލުން މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވް ވުމާއި އެކު ވައިޓް ހައުސްގެ މާޙައުލު ވަނީ މުޅިންހެން ބަދަލުވެ، ހަލަބޮލިވެފައެވެ. […]