މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް
އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭ ފަދަ ވަގުތީ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. އަރަބިއްޔާގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން ހުއްޓުވާތީ އެކަމާ ދެކޮޅަށް ބެލެނިވެރިންތަކެއް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، މައްސަލަ ނިމެންދެން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭފަދަ ވަގުތީ އަމުރަކަށް އެދުނެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމީ އަމުރު ނެރެނުދިނުމަށެވެ. އެ ނިންމުން އިސްތިއުނާފް […]