އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭ ފަދަ ވަގުތީ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

އަރަބިއްޔާގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން ހުއްޓުވާތީ އެކަމާ ދެކޮޅަށް ބެލެނިވެރިންތަކެއް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، މައްސަލަ ނިމެންދެން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭފަދަ ވަގުތީ އަމުރަކަށް އެދުނެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމީ އަމުރު ނެރެނުދިނުމަށެވެ.

Ad
rt

އެ ނިންމުން އިސްތިއުނާފް ކުރަން ބެލެނިވެރިންގެ ފަރާތުން ހައި ކޯޓަށް އިސްތިއުނާފްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލަ އަދި ބަލައެއްނުގަނެ އެވެ.

އަރަބިއްޔާއަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. އެ ސްކޫލްގައި ކިޔެވެނީ ވެސް ބުރުގާ އަޅާ ކުދިންނަށް އެކަންޏެވެ.