އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އިހުތިޖާޖު މިއަދުވެސް ކުރިއަށް އެބަގެންދެ އެވެ.

މިއީ އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް، އެ މަގާމުން ދުރުކުރުން ކުރާ އިހުތިޖާޖެކެވެ.

Ad
rt

ބެލެނިވެރިން މިއަދުގެ އިހުތިޖާޖު ކުރަމުން ގެންދަނީ ވެލާނޭ ބިލްޑިންގ ކައިރީގަ އެވެ. މިއަދު ހެނދުނުން ފެށިގެން ކުރަމުން ދާ މި އިހުތިޖާޖު ގައި ގިނަ ބެލެނިވެރިން އަންނަނީ ޝުއޫރު ފާޅު ކުރަމުން ނެވެ. އަދި އެމީހުން ތިބީ އެކި ޝުއޫރުފާޅުކޮށްފައިވާ ލިޔުންތައް ވެސް ހިފައިގެން ނެވެ.

އަރަބިއްޔާގެ ބެލެނިވެރިން ރޭ ވެސް ވަނީ މިކަމާއިގުޅިގެން އިހުތިޖާޖު ކޮށްފަ އެވެ. އެމީހުން ރޭ އިހުތިޖާޖު ކުރީ އެ ސްކޫލް ހިންގާ އިމާރާތް ކައިރީގަ އެވެ.

އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުން ޝުޖާއު ވަކި ކުރުމަށް ފަހު، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކޮށްފައިވާއިރު، އަރަބިއްޔާ ސްކޫލްގެ ހިންގުން ހަވާލުކޮށްފައިވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހަސަން ސައީދު އާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ މިއީ އަރަބިއްޔާގެ ކިޔެވުން އިތުރަށް ހަރުދަނާކުރުމަށާއި ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.