ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރުމަކީ އެކަން ހުއްޓުވަން އެޅޭނެ ބާރެއް: އަނާރާ
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޯޑިޓް ރިޕޯޓުތައް ދިރާސާކުރުމުން ފާހަގަވާ ޚިޔާނާތުގެ މައްސަލަތަކުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ، މި އަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ޖަލްސާގައި ކޮމެޓީތަކުން ހުށަހަޅާކަންކަމުގެ ތެރެއިން ތިމާވެއްޓާބެހޭ ވުޒާރާގެ 2012 އިން ފެށިގެން 2018...