ހަމައެކަނި ދައްކާލާ ވާހަކައަކުން ނުފުދޭ ކަމަށާއި، ދިވެހި އަންހެނުނަށް ފަހި ރަނގަޅު ނިޒާމެއް ގާއިމުކޮށްދޭން ޖެހިފައިވާ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅު ވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ މާލޭ ސިޓީގައި ޓެކްސީ ކުރާ ކަނބަލެއް ކަމަށްވާ އާމިނަތު ވަހީދާ ދުއްވާ ކާރަށް އެކިފަހަރު މަތިން ގެއްލުން ދެމުންދާތާ ދުވަސްތަކެއް ވޭތުވެފައިވާއިރު، އެންމެ ފަހުން ދިން ގެއްލުން ތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިސްއަށް އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅި ބަހުސް ކޮށްފައިވަނި ކޮށެވެ.

Ad
rt

އަނާރާ ވިދާޅުވީ ހަމައެކަނި ދައްކާލާ ވާހަކައަކަށްވުރެ ބޮޑަށް މުޖުތަމައުގައި ދިވެހި އަންހެނުންނަށް ރައްކާތެރިކަމާއި ކުރިއެރުން ހޯދައިދެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރަން ޖެހިފައިވާ ކަމަށެވެ.

''ހަމައެކަނި ދައްކާލާ ވާހަކައަކަށްވުރެ ބޮޑަށް މުޖުތަމައުގައި ދިވެހި އަންހެނުންނަށް ރައްކާތެރިކަމާއި ކުރިއެރުން ހޯދައިދެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރަން ވަނީ ޖެހިފައި''

=އަނާރާ ނައީމް، ބާ ކައުންސިލް މެންބަރު އަދި ކުރީގެ މަޖިލިސް މެންބަރު=

އަނާރާ މިމޭރުމުން ވިދާޅުވިއިރު، އާމިނަތު ވަހީދާ ދުއްވާ ކާރަށް އެންމެ ފަހުން ގެއްލުންދީފައި ވަނީ މިދިޔަ ހަފްތާގަ އެވެ. މީހެއްގެ އަތުން ކުއްޔަށް ނަގައިގެން ދުއްވާ އެ ކާރަށް ގެއްލުންދިން މިއީ ފަސް ވަނަ ފަހަރެވެ. އެ ޓެކްސީ އަށް ގެއްލުންދޭ ކޮންމެ ފަހަރަލު އަލުން މަރާމާތު ކުރަން ކޮންމެ ފަހަރަކު ވެސް 11،000-14،000ރ. ދެމެދުގެ އަދަދެއް ޚަރަދުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެކުރިން އައިންތުގެ ކާރަށް ގިނައިން ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިން ކަމަށް އައިންތު ތުހުމަތު ކުރެ އެވެ. އެކަމަކު މިފަހަރު، ގެއްލުން ދިން މީހާ ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ހޯދިފައިވީ ނަމަވެސް އެއީ ކާކު ކަމެއް އައިންތަކަށް ނޭނގެ އެވެ.

އައިންތުގެ ކާރަށް އެކިފަހަރު މަތިން ގެއްލުންދީ، އައިންތު ބިރުވެރިކަމެއްގައި އުޅެމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، އިއްޔެއަކީ އެމައްސަލާގައި މަޖިލިސްގައި ބަހުސްކޮށް، ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރި ފުރަތަމަ ދުވަހެވެ. އަދި މިފަދަ ކަންކަމަށް ވަކާލާތުކޮށް ޙައްޤުތަކުގެ ވާހަކަ ދައްކާ ''ބޮޑެތި ސިޔާސީ ބޭބޭފުޅުންނާއި'' އެކި ޖަމްޢިއްޔާތައް ރާއްޖޭގައި ތިބިނަމަވެސް އައިންތުގެ ދިފާއުގައި އެފަދަ ފަރާތްތައް އަދި މިހާތަނަށް ބަހެއްހާ ހިސާބުވެސް ނުބުނެއެވެ.