ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ވަނަންކިޔުމުގެ އާދައަށް ބަދަލެއް އަންނަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
މިހާރު ބާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަނާރާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.
އަނާރާ ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ވަނަންކިޔުމުގެ އާދައަށް ބަދަލެއް އަންނަންޖެހޭ ކަމަށެވެ. އަދި ވަނަން ކިޔުމުން މީހުން އެއްޗެއް ނުބުނެ ތިއްބަސް ވަނަން ކިޔުމަކީ ގިނަބަޔަކު ނުރުހޭކަމެއްކަން ހާމަވާ ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.
"ބައެއް މީހުން ކޯޓަށްވެސް ގޮސްފަ އެބަހުއްޓެވެ. މީހުން ނުރުހޭ ނަންނަމުން ގޮވުން ދީންވެސް ހުއްދައެއް ނުކުރެއެވެ." ދީނީ ޢިލްމް ވެސް އުނގެނިގެން ހުންނެވި، ދީނީ ޢިލްމް ވެރިޔާ އަނާރާ ވިދާޅުވެފައި ވެއެވެ.
ރާއްޖޭގަ ޒަމާނުއްސުރެ އޮންނަ ވަނަންކިޔުމުގެ އާދައަށް ބަދަލެއް އަންނަންޖެހެެއެވެ. މީހުން އެއްޗެއް ނުބުނެ ހުއްޓަސް މިއީ ގިނަބަޔަކު ނުރުހޭކަމެއްކަން ހާމަވެއެވެ. ބައެއް މީހުން ކޯޓަށްވެސް ގޮސްފަ އެބަހުއްޓެވެ. މީހުން ނުރުހޭ ނަންނަމުން ގޮވުން ދީންވެސް ހުއްދައެއް ނުކުރެއެވެ.
— Anara Naeem (@AnaraNaeem) September 20, 2020
ރާއްޖޭގައި ޒަމާނުއްސުރެ ވަނަމުން މީހުންނާއި މުޚާތަބު ކުރުމަކީ އާންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!