އިސްލާމީ ޘަޤާފަތާއި ޙަޟާރަތު ކުރިއަރުވާ ޢިލްމުވެރިންގެ ޖަމިއްޔާގެ ނައިބު ރައީސްއަކަށް ޑރ. އަނާރާ

photo_2021-10-05_11-31-06

ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސްއަކަށް ޑރ. އަނާރާ އިންތިޚާބު ވެއްޖެއެވެ.

ރޭ އޮތް އެ ޖަމިއްޔާގެ ހިންގާ ކޮމެތީގެ އިންތިޚާބުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ބާ ކައުންސިލްގެ މެންބަރުކަން ވެސް ކުރަށްވަމުން ގެންދަވާ އަނާރާ އިންތިޚާބުވީ އެ ޖަމިއްޔާގެ ވައިސް ޕްރެޒިޑެންޓް ޖެންޑާ އެންޑް ސޯސަލް އެފެއާޒްގެެ މަގާމަށެވެ.

އެ ޖަމިއްޔާގެ ރައީސްއަކަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އިންތިޚާބުވެފައިވާއިރު އެ ޖަމިއްޔާގައި އިތުރު ތިން ނައިބު ރައީސަކު ވެސް ތިއްބަވައެވެ. އެ މަޤާމްތަކަށް އިންތިޚާބުވީ ޑރ. މޫސާ އަންވަރު ޙަސަންއާއި، ޑރ. އިސްމާއީލް ޝަފީޢު އަދި އަލީ އަޙުސަންއެވެ.

ޑރ. މޫސާ އަންވަރު ޙަސަން އިންތިޚާބުވީ ވައިސް ޕްރެޒިޑެންޓް ކަލްޗަރ އެންޑް ސިޓިޒަންގެ މަޤާމަށެވެ. ޑރ. އިސްމާއީލް ޝަފީޢު އިންތިޚާބުވީ ވައިސް ޕްރެޒިޑެންޓް، ރިސާޗް އެންޑް ޓެކްނޮލޮޖީގެ މަޤާމަށެވެ. އަދި އަލީ އަޙުސަން އިންތިޚާބުވީ ވައިސް ޕްރެޒިޑެންޓް އިންޓަރނޭޝަނަލް އެފެއާޒްގެ މަޤާމަށެވެ.

ރޭ އޮތް އެ ޖަމިއްޔާގެ ބައްދަލުވުމުގައި، ހިންގާ ކޮމިޓީގެ ހުރިހާ މަޤާމަކަށާއި، އިސްލާމިކް އެޑްވައިޒަރީ ކައުންސިލުގެ މަޤާމުތަކަތުގެ އިތުރުން އިންޓަރނޭޝަނަލް އެޑްވައިޒަރުންނާއި ޚާއްޞަ ދާއިތާތަކުގެ މުސްތަޝާރުންނާއި އެންވޯއީންވެސް ވަނީ ކަނޑައަޅާފައެވެ. އަދި ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް ފަހު، އައިއޯސީސީގެ ފަރާތުން މިއަހަރު ކުރުމަށް އިސްކަންދޭނެ ކަންކަން ވެސް ވަނީ ކަނޑައަޅާފައެވެ.

އައިއޯސީސީގެ އެއް ނައިބު ރައީސްއަކަށް އިންތިޚާބުވި ޑރ. އަނާރާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލް މިއަހަރުގެ ޖޫންމަހުގެ ފަހުކޮޅުއެވެ. އަނާރާ ޕީއެޗްޑީއަށް ދިރާސާ ހައްދަވައި، ތީސީސް ލިޔުއްވީ "ޝަރުޢީ ސިޔާސަތުގެ އަލީގައި ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމް އަޅާކިޔުމު ދިރާސާ"Maldivian Democratic System of Government in the light of the Shara’h and Policy މި މަޢުލޫއަށެވެ.

ޑރ. އަނާރާ އަކީ ހއ. ކެލައަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބެލެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި