މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިންޑިއާ

215 Stories filed
ދިވެހި ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް ދައުލަތުގެ އެހީތެރިކަން
Raajje

ދިވެހި ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް ދައުލަތުގެ އެހީތެރިކަން

ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމުގައި ރައީސް މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ މިރޭ ކުރެއްވި ބައްދަލުކޮށްލެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޚާރިޖ...

ރާއްޖެ-އިންޑިއާ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި
Raajje

ރާއްޖެ-އިންޑިއާ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖެ އާއި އަވަށްޓެރި އިންޑިއާ އާއި ގުޅުން ހަރުދަނާ ކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފިކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް މިއަދު ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރް އާއި މިއަދު ބައްދަލުކުރަށްވާފައެވެ. މި ބައްދަލުކުރެއްވުމާއިގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައ...

ރައީސްގެ ދެކަނބަލުން އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފި
Raajje

ރައީސްގެ ދެކަނބަލުން އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަތުމުން، ނިއުދިއްލީގެ ޕަލަމް އެއަރޕޯޓުން މަރުޙަބާ ދެންނެވީ އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް އެންވަޔަރަމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖު އެންޑް އެކްސްޓާނަލް އެފެއާޒް ކިރިތީ ވަރުދަން ސިންގް އާއި އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސ...

ރައީސްގެ ދެކަނބަލުން އިންޑިއާއަށް ފުރާވަޑައިގެންފި
Raajje

ރައީސްގެ ދެކަނބަލުން އިންޑިއާއަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އިންޑިއާ ސަރުކާރާއި ހަވާލާ...

އިންޑިއާގެ ރާޖަސްތާންގައި ހަނގުރާމަމަތީ ޖެޓެއް ވެއްޓިއްޖެ
International

އިންޑިއާގެ ރާޖަސްތާންގައި ހަނގުރާމަމަތީ ޖެޓެއް ވެއްޓިއްޖެ

އިންޑިއާގެ ރާޖަސްތާންގެ ބާމަރު ސަރަޙައްދުގައި އިންޑިއަން އެއަރ ފޯސްގެ މިގް-29 ހަނގުރާމަމަތީ ޖެޓެއް ވެއްޓިއްޖެއެވެ. މި ހާދިސާގައި ޕައިލެޓް ސަލާމަތްވެފައިވާކަމަށް އެ ޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގީ އާންމު ގޮތެއްގައި ކުރާ ރޭގަނޑުގެ ތަމްރީނެއްގެ ތެރޭގައެވެ. އެއަރ ފޯސްއިން ބުނީ މި ޖެޓަށް “ނުރައްކާތެރި ޓެކްނިކަލް މައްސަލައެއް” ދިމާވި ކަމަށެވެ. އެއަރ ފޯސްއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ބުނެފައިވަނީ “ބާމަރު ސަރަޙައްދުގައި އާންމު ގޮތެއްގައި ކުރާ ރޭގަނޑުގެ ތަމްރީނެއްގެ ތެރޭގައި އައިއޭ...

އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި ފުޅާކުރުމަށް ބޮޑު ބަނދަރެއް އަޅަނީ
International

އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި ފުޅާކުރުމަށް ބޮޑު ބަނދަރެއް އަޅަނީ

އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި އިތުރަށް ފުޅާކުރުމަށް ހުޅަނގު ސަރަޙައްދުގައި ބޮޑު ބަނދަރެއް އަޅަން ނިންމައިފިއެވެ. މި ބަނދަރު އެޅުމުގެ މަޤްޞަދަކީ ރަޝިޔާއާއެކު ކުރެވޭ ވިޔަފާރި އިތުރުކުރުމެވެ. މި ބަނދަރު 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭ ހާލަތަށް ގެނެވޭނެ ކަމަށް ބެލެވެއެވެ. މަހާރާޝްޓްރާގެ ވަދަވާން ސަރަޙައްދުގައި އެޅުމަށް ނިންމާފައި މި ބަނދަރު އެޅުމުން އިންޓަނޭޝަނަލް ނޯތު-ސައުތު ޓްރާންސްޕޯޓޭޝަން ކޮރިޑޯ އަދި އިންޑިއާ-މިޑްލް އީސްޓް ޔޫރަޕް އިކޮނޮމިކް ކޮރިޑޯ މެދުވެރިކޮށް ކުރެވޭ ވިޔަފާރި އިތުރުވ...

އިންޑިއާއަކީ ދުވަހަކުވެސް އެމެރިކާގެ ބައިވެރިއަކަށް ނުވާނެ: އެމެރިކާ
International

އިންޑިއާއަކީ ދުވަހަކުވެސް އެމެރިކާގެ ބައިވެރިއަކަށް ނުވާނެ: އެމެރިކާ

އިންޑިއާއަކީ ބޮޑު ބާރެއް ނަމަވެސް އެ ގައުމަކީ އެމެރިކާގެ ބައިވެރިއެއް ނުވަތަ ބައިވެރިއަކަށް ނުވާނެ ކަމަށް އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކާޓް ކޭމްޕްބެލް ވިދާޅުވެއްޖެ އެވެ. ނަމަވެސް ނިއުދިއްލީއާއެކު ރަނގަޅު ގުޅުމެއް ދެމެހެއްޓުމަކީ ސްޓްރެޓެޖިކް ގޮތުން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ސެނެޓުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިއްޔެގެ އަޑުއެހުމުގައި ކޭމްޕްބެލް ވިދާޅުވީ އިންޑިއާއަކީ “އެމެރިކާއަށް ރަނގަޅުވުމަށް އޮތް އެންމެ މުހިންމު ގުޅުން ކަމަށް ވެދާނެ” ކަމަށާއި އެމެރިކާގައި ދިރި...

އިންޑިއާގައި އޮތް ހިންދޫންގެ ދީނީ އެއްވުމެއްގައި ހިނގި ހާދިސާއެއްގައި 116 މީހުން މަރުވެއްޖެ
International

އިންޑިއާގައި އޮތް ހިންދޫންގެ ދީނީ އެއްވުމެއްގައި ހިނގި ހާދިސާއެއްގައި 116 މީހުން މަރުވެއްޖެ

އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ހަތްރާސް ޖިލާގައި ބޭއްވުނު ހިންދޫންގެ ދީނީ އެއްވުމެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މަދުވެގެން 116 މީހުން މަރުވެއްޖެކަމަށް އިންޑިއާ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް ޝަލަބް މަތުރު ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މުޣަލްގަރީ ރަށުގައި ބޭއްވުނު ހިންދޫ ދީނުގެ ސަތްސަންގް އެއްވުމެއްގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ވެއެވެ. މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކ...

އިންޑިއާގެ ބޮޑުވަޒީރު ރަޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ތައްޔާރީތައް އޮތީ އެންމެ ފަހު މަރުހަލާގައި: ރަޝިއާ
International

އިންޑިއާގެ ބޮޑުވަޒީރު ރަޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ތައްޔާރީތައް އޮތީ އެންމެ ފަހު މަރުހަލާގައި: ރަޝިއާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ތައްޔާރީތައް މިހާރު ވަނީ ފަހު މަރުހަލާއަށް ގޮސްފައިކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް މިއަދު ވިދާޅުވެއްޖެއެވެ. މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕެސްކޮވް ވިދާޅުވީ، މި ދަތުރުފުޅާ ގުޅޭ ރަސްމީ އިޢުލާން ދެ ގައުމުގެ ލީޑަރުންގެ ނޫސް ބަޔާން ޚިދުމަތްތަކުން އެއް ވަގުތެއްގައި ނެރޭނެ ކަމަށެވެ. “މި ދަތުރުފުޅު ވަރަށް މުހިންމު,” ޕެސްކޮވް ވިދާޅުވިއެވެ. “ރައީސް ޕުޓިންއާއި ބޮޑުވަޒީރު މޯދީ ބައްދ...

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އީދު ތަހުނިޔާ، ރައީސް މުޢިއްޒު އަށާއި ދިވެހިންނަށް 
Raajje

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އީދު ތަހުނިޔާ، ރައީސް މުޢިއްޒު އަށާއި ދިވެހިންނަށް 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި، ދިވެހި ސަރުކާރަށާއި އަދި ދިވެހިންނަށް ބޮޑު ޢީދު ތަހުނިޔާ ފޮނުއްވައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ހަވީރު ފަސްގަޑި ބައިހާއިރު އާންމުކުރި ބަޔާނެއްގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު އަށާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންނަށް ބޮޑު ޢީދުގެ ތަހުނިޔާ ވިދާޅުވެފައިވާ ކަމަށް ބުނެފައެވެ. މި ބަޔާނުގައި މޯދީގެ މެސެޖުގެ ގޮތުގައި ބުނެފައި ވަނީ މިއަހަރުގެ […]

ރައީސް މުއިއްޒުއާ އެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު: ޖައިޝަންކަރު
Raajje

ރައީސް މުއިއްޒުއާ އެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު: ޖައިޝަންކަރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާ ބައްދަލު ކުރައްވައި ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެއްވުނު ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަމަށް ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ފަހު ބޭއްވެވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ އޭނާ އަށް ލިބިފައިވާ ތަޖުރިބާ އާއި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ރ...

އިންޑިއާ-ރާއްޖެ ގުޅުމުގެތެރެއިން ފަހިވެގެންދާނީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް: ރައީސް
Parliament

އިންޑިއާ-ރާއްޖެ ގުޅުމުގެތެރެއިން ފަހިވެގެންދާނީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް: ރައީސް

އިންޑިއާ އާއި ދިވެހިރާއްޖެ ގުޅުމުގެތެރެއިން ފަހިވެގެންދާނީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް ކަމަށް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅު ރައީސް ސިފަކުރެއްވީ ކާމިޔާބު ދަތުރުފުޅެެއްގެ...

އިންޑިއާ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
Raajje

އިންޑިއާ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސް ވަނީ މޯދީގެ އިތުރުން އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައި ދެޤައުމުގެ މެދުގައި އޮ...

މޯދީ، ރައީސް މުއިއްޒުއާ ބައްދަލު ކުރައްވައިފި
Raajje

މޯދީ، ރައީސް މުއިއްޒުއާ ބައްދަލު ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ރޭ ބައްދަލު ކުރައްވައިފިއެވެ. ރައީސް ޑރ. މުއިއްޒު، އަވަށްޓެރި އިންޑިއާ އަށް ވަޑައިގެންނެވީ، މޯދީގެ ދައުވަތަކަށް، އެމަނިކުފާނު ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ރަސްމިއްޔާތު އޮތީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރަޝްވަޕަތީ ބަވަންގައެވެ. މޯދީ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފްގައި އިންޑިއާގެ ރައީސް ދްރޮޕަދީ މުރްމީ ބޭއްވެވި ރޭ...

މޯދީ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ފުރާވަޑައިގެންފި
Raajje

މޯދީ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ފުރާވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި އެ ޤައުމުގެ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް...