އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

Ad
rt

އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސް ވަނީ މޯދީގެ އިތުރުން އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރައްވާފައެވެ.

މީގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރާއި ވެސް ރައީސް ބައްދަލުކުރަށްވާފަ ވެއެވެ.

ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ކުރެއްވު މިދަތުރުފުޅަކީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަން ދިފާޢު ކުރަށްވާފައި މިވަނީ ތިން ވަނަ ދައުރަކަށެވެ.