މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިންޑިއާ

215 Stories filed
މޯދީ ކުރައްވާ ރަސްމިއްޔާތަށް ދެއްވި ދައުވަތު ރައީސް ޤަބޫލުފުޅުކުރައްވައިފި
Raajje

މޯދީ ކުރައްވާ ރަސްމިއްޔާތަށް ދެއްވި ދައުވަތު ރައީސް ޤަބޫލުފުޅުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ދައުވަތު އެމަނިކުފާނު ޤަބޫލުފުޅު ކުރައްވައިފިއެވެ. މޯދީ، އަންނަ އާދިއްތަ ދުވަހު ބޮޑުވަޒީރުކަމުގެ ހުވާ އިތުރު ދައުރަކަށް ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތުގެ ސިޓީ ރައީސް ޑރ. މުއިއްޒަށް އަރުވާފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަ...

ރާއްޖެއަކީ އިންޑިއާގެ އަގުހުރި، އަވަށްޓެރި ބައިވެރިއެއް: މޯދީ
Raajje

ރާއްޖެއަކީ އިންޑިއާގެ އަގުހުރި، އަވަށްޓެރި ބައިވެރިއެއް: މޯދީ

ރާއްޖެއަކީ އިންޑިއާ ކަނޑުގެ އަގުހުރި، އަދި އަވަށްޓެރި ބައިވެރިއެއް ކަމަށް، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ނަރެންދުރާ މޯދީ ވިދާޅުވެއްޖެއެވެ. އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މޯދީ އަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ގާތް އަވަށްޓެރިއެއްގެ އިތުރުން ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. “ދެ ގައުމުގެ ގުޅުންތައް އިތުރަށް ވަރ...

އިންޑިއާގެ އިންތިހާބުގައި މޯދީ ހޯއްދެވި ކާމިޔާބީއަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
Raajje

އިންޑިއާގެ އިންތިހާބުގައި މޯދީ ހޯއްދެވި ކާމިޔާބީއަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

އިންޑިއާގެ އާންމު އިންތިހާބު 2024 ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި އެ ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އިންޑިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މި ޕޯސްޓުގައި ބީޖޭޕީން ތިންވަނަ ދައުރަކަށް އިންތިހާބު ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވާފައި ވެއެވެ...

އިންޑިއާގެ ވެރިކަން ކުރާ ކޯލިޝަނަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ލިބިއްޖެ
International

އިންޑިއާގެ ވެރިކަން ކުރާ ކޯލިޝަނަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ލިބިއްޖެ

އިންޑިއާގެ ވެރިކަން ކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އަށް ލިބުނު ކާމިޔާބީއަކީ ދެކުނު އޭޝިއާގެ އެ ގައުމުގެ ތާރީހުގައި ވެސް ތާރީހީ ކާމިޔާބީއެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ. “ރައްޔިތުންގެ މިނިންމުމަށް އިޙްތިރާމްކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމުގައި ދެމިތިބުމަށް ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ރަނގަޅު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،” ވޯޓު ގުނަން ފެށި ފަހުން މޯދީ އެކްސްގައި ކުރެއްވި ފު...

އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
Raajje

އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދީފިއެވެ. ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސަރުކާރުން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފައެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ […]

އިންޑިއާ ސިފައިންގެ ދެ ވަނަ ބެޗު ރާއްޖެ އިން ފައިބައިފި
Raajje

އިންޑިއާ ސިފައިންގެ ދެ ވަނަ ބެޗު ރާއްޖެ އިން ފައިބައިފި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ވަނަ ބެޗު، ރާއްޖެ އިން ފައިބާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ހިތަދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު އެ ބެޗްގެ ސިފައިން ރާއްޖެ އިން ފައިބާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ […]

ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ ސިވިލިއަން ކްރޫ ރާއްޖެއަށް
Raajje

ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ ސިވިލިއަން ކްރޫ ރާއްޖެއަށް

އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް “ސިވިލިއަން ކްރޫ” ގެ ޓީމެއް މިއަދު ރާއްޖެ އައިސްފިއެވެ. އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލިއަން ކްރޫގެ ޓީމް ރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެ ޓީމަކީ ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކަޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރާނެ ޓީމް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ޓީމު މިރޭގެ […]

ކުރިއަށް އޮތް 5 އަހަރު އިންޑިއާއިން ހަކަތައިގެ ދާއިރާއަށް 67 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
International

ކުރިއަށް އޮތް 5 އަހަރު އިންޑިއާއިން ހަކަތައިގެ ދާއިރާއަށް 67 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިންޑިއާ އިން އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާ އަށް 67 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. އިންޑިއާ އެނާޖީ ވީކް (އައިއީޑަބްލިއު) ގައި ތަގްރީރު ކުރައްވަމުން މޯދީ ވިދާޅުވީ އިންޑިއާއަކީ ތިމާވެއްޓާ ރައްޓެހި އިއާދަކުރުވަނިވި ހަކަތައިގެ ވަސީލަތްތައް ހުރި ގައުމަކަށް ހެދުމަށް މަސައްކަތް ކަރަމުންދާ ކަމަށެވެ. އިންޑިއާ އެނާޖީ ވީކަކަކީ ފެބްރުއަރީ 6 އިން 9 އަށް ގޯއާގައި ކުރިއަށްދާ އެގްޒިބިޝަނ...

މެއި 10ގެ ނިޔަލަށް އިންޑިއާ ސިފައިން ގެންގޮސް ނިންމަން ވަނީ އެއްބަސްވެފައި: ރައީސް
Raajje

މެއި 10ގެ ނިޔަލަށް އިންޑިއާ ސިފައިން ގެންގޮސް ނިންމަން ވަނީ އެއްބަސްވެފައި: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގެންގޮސް ނިންމަން އެއްބަސްވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ޙިމާޔަތްކޮށްދޭނެކަމުގެ ވަޢުދު ކަމަށެވެ. ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަ...

މިފަހަރު އިންޑިއާ ސިފައިން އެރީ މާހޯރަ ދޯންޏަށް
Raajje

މިފަހަރު އިންޑިއާ ސިފައިން އެރީ މާހޯރަ ދޯންޏަށް

މާހޯރަ3 ދޯންޏަށް އިންޑިއާ ސިފައިން އަރާފައިވާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ބޮޑު ކަންނެލި ތިން އުޅަނދު ކަމަށްވާ އަސުރުމާ3 ދޯންޏާއި، ނިރު7 އަދި މާހޯރަ3 ދޯންޏަށް ވެސް އިންޑިއާ ސިފައިން ވަނީ އަރާފައެވެ. މި ތިން ދޯންޏަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަމަށް ދިވެހި ދިފާޢީ ވުޒާރާއިން […]

މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން އެއްބަސްވެއްޖެ
Raajje

މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ އިން ބާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ބުނެފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ “ހައި ލެވެލް ކޯ ގްރޫޕް” ގެ ދެވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ ވަނީ ބާއްވައިފައެވެ. އެ ބައްދަވުމުގައި ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ވަފްދެއް އިންޑިއާ އަށް ވަނީ ގޮސްފައ...

އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ކަނޑައަޅައިފި
Raajje

އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ކަނޑައަޅައިފި

އިންޑިއާ އިން 2024-2025 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ރާއްޖެ އަށް 72 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ދިނުމަށް ކަނޑައަޅައިފިއެވެ. އަވަށްޓެރި އިންޑިއާ އިން ކޮންމެ އަހަރެއްގެ ބަޖެޓު ވެސް ހަދަނީ އޭޕްރީލް މަހުގެ 1 އިން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. މި ހިނގާ 2023-2024 ގެ ބަޖެޓު މި މާޗް މަހުގެ ނިޔަލަށް ނިމޭއިރު، އެ ބަޖެޓުގައި ރާއްޖެއަށް ވަނީ ހިލޭ އެހީގެ ގޮތުގައި 93 މިލިއަން ޑޮލަރު (1.4 ބިލިއަން […]

''މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުގައި''
Raajje

''މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުގައި''

ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން އެރީ އެ ދޯނި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށްކަމަށް އަސުރުމާ ދޯނިން ބުނެފިއެވެ. އަސުރުމާ3 ދޯނީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ދޯނީގެ ފޮޓޯ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯތަކަކީ އެ ދޯނީގެ ފޮޓޯތަކެއް ނޫން ކަމަށެވެ. އަދި މިއަދު ހިނގި ހާދިސާގެ އެއްވެސް ފޮޓޯއެއް ވެސް އަދި ވީޑިއޯއެއް ވެސް މިހާތަނައް ހިއްސާކޮށްފައި ނުވާނެކަމަށް އެ ދޯނިން ބުންޏެވެ. ”ދޯނި މަސްވެރިކަން ކުރަމުން […]

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި
Raajje

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރާ އަވަށްޓެރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުން ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށްވާ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ވަނީ ވަކިވަކިން ފޮނުއްވި މެސެޖުތައް މެދުވެރިކޮށް އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދ...

15 މާރިޗްގެ ކުރިން އިންޑިޔާގެ ސިފައިން ގެންދަން އެދިއްޖެ
Raajje

15 މާރިޗްގެ ކުރިން އިންޑިޔާގެ ސިފައިން ގެންދަން އެދިއްޖެ

އަންނަ މާރިޗް މަހުގެ 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ އެ ޤައުމަށް ގެންގޮސް ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި...