އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ބަދަލު ކުރި 4 އެއްބަސްވުން
އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރައްވައިފިއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދެ ލީޑަރުން ވަނީ މިއަދުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުންތަކާ ބެހޭގޮތުންނާއި ދެ ޤައުމުގެ ރަހުމަތްތެރި ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވ...