މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިންޑިއާ

215 Stories filed
ދިއްލީގެ ވައި ތަޣައްޔަރުވުމުން ސްކޫލްތައް ބަންދުކޮށްފި
International

ދިއްލީގެ ވައި ތަޣައްޔަރުވުމުން ސްކޫލްތައް ބަންދުކޮށްފި

އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ރެކޯޑް މިންވަރަކަށް ވައި ތަޣައްޔަރުވުމުގެ ސަބަބުން އެ ސިޓީގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށް މިކަމާ ގުޅިގެން ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. އިންޑިޔާގެ ތަޣައްޔަރުވުން ކޮންޓްރޯލްކުރާ އޮތޯރިޓީން ބުނާ ގޮތުގައި ވެރިރަށުގެ 24 ގަޑިއިރުގެ ވައި ތަޣައްޔަރުވުމުގެ މިންގަނޑު (އޭކިއުއައި) ވަނީ 484 ގައެވެ. މިއީ “ސިވިއަރ ޕްލަރ ޕްލަސް” ކަމަށް ބެލެވޭ އަދި މިއަހަރުގެ އެންމެ މަތީ މިންވަރެވެ. މޫސުމުގެ ހާލަތު ގޯސްވެ، ވައިގެ ބާރު ކުޑަވުމާ ގުޅިގެން އޮތޯރިޓީތަކުން […]

ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ބެންގަލޫރުގެ އާރްޓީ ނަގަރުގައި ހުރި ހޮޓަލެއްގެ ކޮޓަރިއެއްގައި ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިޔާވެފައި އޮތް ދިވެއްސެއް ފެނުނީ މިދިޔަ ބުދަ ދުވަހުއެވެ. އެމީހާ އަކީ އުމުރުން 43 އަހަރުގެ ހަސަން ސުހައިލް ކިޔާ މީހެއްކަމަށް ނޫސްތަކުން ބުނެފަވެއެވެ. ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާ ގޮތުގައި އޭނާ ބުދަ ދުވަހު ކޮޓަރިން ބޭރަށް ނުނިކުމެ، ކާއެއްޗެހި އޯޑަރު ނުކުރުމުން، ހޮޓަލުގެ މުވައްޒަފުން އޭނާއާ ގުޅަން މަސައްކަތް ކުރިއެވެ. އަދި އޭނާ ޖަވާބު […]

ސައޫދީ އަށާއި އިންޑިއާ އަށް ސަފީރުން ޢައްޔަނުކޮށްފި
Raajje

ސައޫދީ އަށާއި އިންޑިއާ އަށް ސަފީރުން ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށާއި، އިންޑިއާ އަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، ޢައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އަލްފާޟިލާ އާއިޝަތު ޢަޒީމާއެވެ. ސުޢޫދިއްޔާ އަރަބިއްޔާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަލްފާޟިލް އަޙްމަދު ސަރީރެވެ. ސައޫދީ ސަފީރުކަމަށް ޢައްޔަނުކުރެއްވި ސަރީރު އެ މަގާމަށް ޢައްޔަނުކ...

އިންޑިއާގެ ޖާސޫސީ ޙަރަކާތްތައް އެމެރިކާ އަދި ކެނެޑާގައި އެބޮތް: ސިކް އެކްޓިވިސްޓް
International

އިންޑިއާގެ ޖާސޫސީ ޙަރަކާތްތައް އެމެރިކާ އަދި ކެނެޑާގައި އެބޮތް: ސިކް އެކްޓިވިސްޓް

އިންޑިއާގެ ޖާސޫސީ ޙަރަކާތްތައް އެމެރިކާ އަދި ކެނެޑާގައި ފުޅާދާއިރާއެއްގައި ކުރިއަށްދާކަމަށް އިންޑިއާއިން ވަކިވެގަންނަން އެދޭ ސިކުން ތުހުމަތު ކޮށްފިއެވެ. ރޮއިޓަރސްއަށް ދިން އިންޓަވިއުއެއްގައި، ސިކުންގެ އެކްޓިވިސްޓެއް ކަމަށްވާ ގުރްޕަޓްވަންޓް ސިންގް ޕަންނުން ވަނީ އެމެރިކާ އަދި ކެނެޑާގައި އިންޑިއާގެ ޖާސޫސީ ނެޓްވޯކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އޭނާ މިވާހަކަތައް ދައްކާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި އޭނާ މަރާލުމަށް އިންޑިއާއިން ރާވާފައިވާކަމަށް ބުނެވޭ މައްސަލައަކާ ގުޅިގެންނެވެ. އެމެރިކ...

އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފްކުރަން ރައީސް ނިންމަވައިފި
Raajje

އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފްކުރަން ރައީސް ނިންމަވައިފި

އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް” (ޔޫޕީއައި) ރާއްޖެއަށް ތައާރަފްކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފްކުރަން ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންގެ ލަފާފުޅާއެކު ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ. މިކަން ކުރިއަށް ގެންދިޔުމަށްޓަކައި ކޮންސޯޓިއަމްއެއް ގާއިމުކުރަށްވައި، މި ކޮންސޯޓިއަމްގައި ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރު...

އިންޑިއާއިން ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ ސަބްމެރިން އުފައްދަނީ
International

އިންޑިއާއިން ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ ސަބްމެރިން އުފައްދަނީ

އިންޑިއާއިން ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ ސަބްމެރިން އުފެއދުމަށް ނިންމައިފިއެވެ. އިންޑިއާ ހިމެނޭ ސަރަޙައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުން ދިއުމާ ގުޅިގެން، އެ ޤައުމުގެ ކަނޑުގެ ބާރު އިތުރުކުރުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ ދެ ސަބްމެރިން އުޅަނދު ބަނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފައެވެ. ބުދަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ކެބިނެޓުން ނިންމި ނިންމުމުގައި، އަލަށް ބަންނަން ނިންމި ދެ ސަބްމެރިނަކީ އިންޑިއާގެ ކަނޑުގެ ސިފައިން ބަންނަން ރާވާފައިވާ 6 ސަބްމެރިންގެ ތެރ...

އިންޑިއާއަކީ ދެގޮތެއްނުވާ ބައިވެރިއެެއްކަން އަންނަނީ ސާބިތުކޮށްދެމުން: ރައީސް
Raajje

އިންޑިއާއަކީ ދެގޮތެއްނުވާ ބައިވެރިއެެއްކަން އަންނަނީ ސާބިތުކޮށްދެމުން: ރައީސް

އިންޑިއާއަކީ ދެގޮތެއްނުވާ ރާއްޖޭގެ ބައިވެރިއެއްކަން އެޤައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިޖާފަތުގައި ބައިވެރިވެވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެ އާއި އިންޑިއާގެ ދިގު ދެމިގެންދާ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީޚާއި ދެޤައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކު...

ރައީސް، އިންޑިއާގެ ރައީސާއި ބައްދަލުކުރަށްވައިފި
Raajje

ރައީސް، އިންޑިއާގެ ރައީސާއި ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަށް ރައީސާއި، ރައީސްގެ އަރިހުގައި އިންޑިއާ އަށް ދަތުރުކުރެއްވި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދު އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަން އަށް ވަޑައިގަތުމުން ރައީސް މުރްމޫ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވަނީ، ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އިންޑިއާއިން ގ...

ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ރައީސް ދެއްވި ދައުވަތު ގަބޫލުކުރައްވައިފި
Raajje

ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ރައީސް ދެއްވި ދައުވަތު ގަބޫލުކުރައްވައިފި

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތު ގަބޫލުކުރައްވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައި  އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއިއެކު ރައީސް ޑރ. މުޢިއްޒު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެދި ރައީސް މުޢިއްޒު ވަނީ މޯދީ އަށް ދައުވަތު ދެއްވާފައެވެ. އެއީ، އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާ...

އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ފަށައިފި
Business

އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ފަށައިފި

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަން މިއަދު އިފްތިތާހްކޮށްފިއެވެ. އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ  ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ކާޑު ތައާރަފްކުރުމަށްފަހު އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ. އެ ކާޑު ރާއްޖޭގ...

ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި
Thiladhunmathi News

ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް މިއަދު އިފްތިތާހްކޮށްފިއެވެ. މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްގީކުރި އައު ރަންވޭ މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އިންޑިއާގެ...

އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް
Raajje

އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް

ދިވެހިރާއްޖެއިން އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. ރައީސް މުޢިއްޒު، މޯދީ އާއި ބައްދަލުކުރައްވައިފި ދެ ޤައުމުގެ ދެމ...

އައްޑޫ އާއި ބެންގަލޫރުގައި ކޮންސިއުލޭޓް ގާއިމުކުރަން މަޝްވަރާކޮށްފި
Raajje

އައްޑޫ އާއި ބެންގަލޫރުގައި ކޮންސިއުލޭޓް ގާއިމުކުރަން މަޝްވަރާކޮށްފި

ދިވެހި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރަން މިއަދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައެވެ. ރައީސް އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމުގެ އިތުރުން ދެޤައުމުގެ ދެމެދު ރަސްމީވާހަކަތައް ވެސް މިހާރު ވަނީ ބާއްވާފައެވެ. ރައީސް ޑރ. މު...

ރައީސް މުޢިއްޒު، މޯދީ އާއި ބައްދަލުކުރައްވައިފި
Raajje

ރައީސް މުޢިއްޒު، މޯދީ އާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމާއި ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅެގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވެސް މިއަދު ވަނީ ބާއްވާފައެވެ. Taking forward – special ties! PM @narendramodi warmly […]

ރައީސްގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުގެ ރަސްމީ މަރްޙަބާ
Raajje

ރައީސްގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުގެ ރަސްމީ މަރްޙަބާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުންނަށް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ. ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. President Droupadi Murmu accords a ceremonial welcome to Ma...