މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)

14 Stories filed
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭއިން ތާއީދުކޮށްފި
Raajje

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭއިން ތާއީދުކޮށްފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކޮށްފިއެވެ. އެ ޕާޓީން މިކަމަށް ތާއީދުކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިންތިޚާބުތައް އެއްކޮށްލުމުން ދައުލަތުން އިންތިޚާބުތަކަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެ، ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ. އެ ޕާޓީނ...

ޝިޔާމް އުފަން ރަށުގައި ދިވެހި ފަންނުވެރިކަން ދައްކުވައިދޭ މިސްކިތެއް ބިނާކޮށްދީފި
Raajje

ޝިޔާމް އުފަން ރަށުގައި ދިވެހި ފަންނުވެރިކަން ދައްކުވައިދޭ މިސްކިތެއް ބިނާކޮށްދީފި

މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ އަމިއްލަ ޚަރަދުގައި ނ. ކުޑަފަރީގައި ބިނާކުރި އާ މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. 150 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދިވެހިވަންތަ ފަރުމާތަކަކަށް ބިނާކޮށްފައިވާ ހިތްގައިމު މިސްކިތެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މިސްކިތަކީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތާއި މަސައްކަތްތެރިކަން ވަރަށް ފާޅުކަން ބޮޑު ގޮތެއް...

ސަން ކުންފުނިން އަމާންދީ, ހިލްޓަނަށް 480 މިލިއަން ދައްކައިފި
Raajje

ސަން ކުންފުނިން އަމާންދީ, ހިލްޓަނަށް 480 މިލިއަން ދައްކައިފި

ސަން ޓްރެވަލްސް ކުންފުންޏާއި ރާއްޖެއިން ބޭރުގެ ހިލްޓަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް ސަން ކުންފުނިން އެންމެ ފަހުން އަމާންދީ, 31 މިލިއަން ޑޮލަރު (480 މިލިއަން ގިނަ ރުފިޔާ) ހިލްޓަނަށް ދައްކައިފި އެވެ. އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަސު ސިޔާމް މުހައްމަދުގެ ސަން ކުންފުނިން އިރުފުށި ހިންގުމުގެ މެނޭޖްމަންޓް އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ 24 […]

ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ ސިޔާމް ދޮގުކުރައްވައިފި
Raajje

ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ ސިޔާމް ދޮގުކުރައްވައިފި

ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓި ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ ސިންގަޕޫރުގައި ހުންނެވުމަށްފަހު، ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ސިޔާމް ވިދާޅުވީ އެގައުމުގައި އުޅުއްވިއިރު، ޕާސްޕޯޓު ހިފެހެއްޓިކަމެއް ނުވަތަ އެ ގައުމުން އޭނާ ފުރުން ހުއްޓުވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ޚަބަރު ލިބުނީ ރާއްޖ...

ސަން ކުންފުނީގެ އެކައުންޓުން ޔާމީނަށް ޑޮލަރު ޖަމާކޮށްދިން: ހެއްކެއް
Raajje

ސަން ކުންފުނީގެ އެކައުންޓުން ޔާމީނަށް ޑޮލަރު ޖަމާކޮށްދިން: ހެއްކެއް

ސަން ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޑޮލަރު ޖަމާކޮށްދިން ކަމަށް އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކުރާއިރު ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.  އެ ދައުވާ ކުރަނީ ބޭރުގެ ކުންފުންޏަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ […]

ސިންގަޕޫރުގައި ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައިފިކަމުގެ އަޑުތަކެއް
Raajje

ސިންގަޕޫރުގައި ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައިފިކަމުގެ އަޑުތަކެއް

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓާފައިވާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ އޭނާގެ ސަން ޓްރެވަލްސް ކުންފުންޏާ ހިލްޓަންނާ ދެމެދު ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގާ މައްސަލައާއި ގުޅިގެންނެވެ. އެ ގައުމުން ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓިކަމަށް އަޑުތައް ފެތުރިފައިވާތީ އެކަމާއި ގުޅިގެން އެމްޑީއޭގެ ބަހެއް ހޯދުމަށް އެމްޑީއ...

ފުއްގިރި މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން ސިޔާމާއި މައުރޫފް ދެކޮޅު ހަދައިފި
Raajje

ފުއްގިރި މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން ސިޔާމާއި މައުރޫފް ދެކޮޅު ހަދައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީނާއި ސަން ކުންފުނީގެ މައްޗަށް ކުރާ ދައުވާގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ހެކިބަސް ދެއްވަން ދެކޮޅު ހައްދަވައިފި އެވެ. ފުއްގިރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މި މައްސަލާގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާކުރެ އެވެ. މި މައްސަލާގައި […]

ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިޔުމަކީ ދިވެހިންނަށް ލިބުނު ބޮޑު އުފަލެއް: ސިޔާމް
Raajje

ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިޔުމަކީ ދިވެހިންނަށް ލިބުނު ބޮޑު އުފަލެއް: ސިޔާމް

ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިޔުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަންހަދައި، ރައީސް ޞާލިޙާއެކު ހުންނެވި ޝިޔާމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓ...

ސަން ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދެއްކުން ފަސްކުރަން ހައި ކޯޓުން އަންގައިފި
Raajje

ސަން ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދެއްކުން ފަސްކުރަން ހައި ކޯޓުން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައިވާތީ އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ހުކުމްކުރި […]

ފުރަތަމަ ބުރުން ރައީސް ޞާލިޙް ވެރިކަމަށް ގެންނާނަން: ސިޔާމް
Raajje

ފުރަތަމަ ބުރުން ރައީސް ޞާލިޙް ވެރިކަމަށް ގެންނާނަން: ސިޔާމް

އަންނަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރަޙީމް މުޙައްމަދު ޞާލިޙަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ (އޭޕީ)އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ވެރިންނާ އެކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލ...

ވެރިކަން ލިބިއްޖެނަމަ ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަގޮތް ހަދައިދޭނަން: ސިޔާމް
Raajje

ވެރިކަން ލިބިއްޖެނަމަ ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަގޮތް ހަދައިދޭނަން: ސިޔާމް

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ވެރިކަމެއްގައި ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަގޮތް ހަދާދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާ ސިޔާމްގެ ނުސީދާ ކެމްޕެއިން މިހާރު ފައްޓަވާފައިވާއިރު، ސިޔާމްގެ އެމްޑީއޭ އަކީ އެންމެ ފުރަތަމަ ދުރާލާ ރިޔާސީ އިންތިހާބަށް ތައްޔާރުވާން ފެށި ޕާޓީއެވެ. އެ ޕާޓީން ދަނީ ޕާޓީގެ މެންބަރުން...

ރޫމޭނިއާގެ އޮނަރަރީ ކޮންސުލްގެ މަޤާމަށް ސިޔާމް
Raajje

ރޫމޭނިއާގެ އޮނަރަރީ ކޮންސުލްގެ މަޤާމަށް ސިޔާމް

ރޫމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލް އަކަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) އައްޔަން ކުރައްވައިފި އެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޫމޭނިއާގެ އެމްބަސީން ނެރުނު ބަޔާނަކާއި ހަވާލާދީ އެކަން ހާމަކޮށްފައިވަނީ ރާއްޖޭގެ “ސަން އޮންލައިން” ގަ އެވެ. އޮނަރަރީ ކޮންސުލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދިވެހި ދައުލަތުގެ އިދާރާތުގެ ފުރިހަމަ އެއްބާރުލެއްވުން އަޙްމަދު ސިޔާމް މުޙައްމަދަށް ދެއްވުމަށް ވެސް ސްރީ...

ވެރިކަމަށް އަންނަން ކޯލިޝަނެއް ބޭނުމެއް ނޫން: ސިޔާމް
Raajje

ވެރިކަމަށް އަންނަން ކޯލިޝަނެއް ބޭނުމެއް ނޫން: ސިޔާމް

މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެރިކަމަށް އައުމަށް ކޯލިޝަނެއް ބޭނުން ނުވާ ކަމަށާއި، އެފަދަ ވިސްނުމެއް ވެސް ނެތް ކަމަށް އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ސިޔާމް ވިދާޅުވީ އެމްޑީއޭ އަކީ ސާފުތާހިރު ބައެއް ކަމަށެވެ. އެ ޕާޓީގެ ފަސްބައި ވަރަށް ސާފު ވާނެ ކަމަށާއި، ވެރިކަމަށް އަންނަން ބޭނުން ނަމަ ކޯލިޝަނެއް ބޭނުމެއް ނުވާނެ ކަމަށެވެ. އަންނަ އަހަރު އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބަށް ވެސް […]

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ހައިކޯޓުން ވެސް ދަމަހައްޓައިފި
Raajje

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ހައިކޯޓުން ވެސް ދަމަހައްޓައިފި

މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު)ގެ ޕާސްޕޯޓު ސިވިލް ކޯޓުން ހިފަހައްޓާފައި ވަނީ ރަގަޅަށް ކަމަށް ހައިކޯޓުން ވެސް ނިންމައިފިއެވެ. ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކުރީ މި އަހަރުގެ ފެބްރުއަރީ […]