މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓާފައިވާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ އޭނާގެ ސަން ޓްރެވަލްސް ކުންފުންޏާ ހިލްޓަންނާ ދެމެދު ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގާ މައްސަލައާއި ގުޅިގެންނެވެ.

Ad
rt

އެ ގައުމުން ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓިކަމަށް އަޑުތައް ފެތުރިފައިވާތީ އެކަމާއި ގުޅިގެން އެމްޑީއޭގެ ބަހެއް ހޯދުމަށް އެމްޑީއޭގެ ނޫސްބަޔާން ތަކުގައި ހިމަނާފައި އިންނަ ނަންބަރަށް ގުޅުމުން ‘’ބަލައިލާނެ’’ ކަމަށް ބުނިނަމަވެސް ފަހުން އެ ނަންބަރަށް ގުޅުމުން ފޯނެއް ނުނަގައެވެ. އެހެންވެ މިކަން ޔަގީންކުރެވޭގޮތް ވެފައެއް ނުވެއެވެ.

އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ކުންފުނީގެ މައްޗަށް އަންގާފައިވާތީ އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ސިވިލް ކޯޓުން ހުކުމްކުރި އެވެ.

އެ ހުކުމް އިސްތިއުނާފްކުރަން ސަން ޓްރެވަލްސްގެ ފަރާތުން ހުށައެޅުމުން ރާއްޖޭގެ ހައިކޯޓުން މިދިޔަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ވަނީ އެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ.