މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކުޅުދުއްފުށީ ސިޓީ ކައުންސިލް

372 Stories filed
ދިވެހިރާއްޖޭގެ މިނިވަންކަމުގައި ތިލަދުންމައްޗަކީ މުހިންމު ދައުރެއް އަދާކުރި އަތޮޅެއް: މޭޔަރު ޢާތިފް
Thiladhunmathi News

ދިވެހިރާއްޖޭގެ މިނިވަންކަމުގައި ތިލަދުންމައްޗަކީ މުހިންމު ދައުރެއް އަދާކުރި އަތޮޅެއް: މޭޔަރު ޢާތިފް

ކުޅުދުއްފުށި ސިޓީ އަކީ ގައުމީ ރަށެއްކަމަށާއި، ދިވެހި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި ތިލަދުންމަތިން އަދާކޮށްފައިވަނީ މުހިންމު ދައުރެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ، ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރި ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އާޠިފް ވިދާޅުވީ މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫ...

ނަސްރުގެ ދުވަހުގެ ބަތަލު ހުސެން އާދަމްގެ ރަށުގައި ދުވަހުގެ ހާއްސަ ޖަލްސާ ބާއްވައިފި
Thiladhunmathi News

ނަސްރުގެ ދުވަހުގެ ބަތަލު ހުސެން އާދަމްގެ ރަށުގައި ދުވަހުގެ ހާއްސަ ޖަލްސާ ބާއްވައިފި

ނަސްރުގެ ދުވަހުގެ ބަތަލު، ޝަހީދު ހުސައިން އާދަމް އުފަންވި ރަށް، ހދ. ކުޅުދުއްފުށީ ސިޓީގައި ރޭ ވަނީ ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާ އެއް ބާއްވައިފައެވެ. މި ޖަލްސާ ބާއްވާފައިވަނީ މި މުނާސަބަތު ފާހަގަކޮށް، ޤައުމީ ރޫޙު އާލާކުރުމުގެ މަޤްސަދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެ ސިޓީގެ ޖަލާލުއްދީން ސްކޫލު ގުޅިގެންނެނެވެ. ރޭ އެ ސިޓީގައި ބޭއްވި މި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް، ނާޞިހާ އިދުރީސްއެވެ. އަދި މި ޖަލްސާގައި ކުޅުދުއްފުށި ސިޓީގެ […]

ކުޅުދުއްފުށީގައި "ކްލައިމެޓް ޗޭންގް އެންޑް ހިއުމަން މޮބިލިޓީ ޕްރޮޖެކްޓް" ގެ ދަށުން ވޯކްޝޮޕެއް
Thiladhunmathi News

ކުޅުދުއްފުށީގައި "ކްލައިމެޓް ޗޭންގް އެންޑް ހިއުމަން މޮބިލިޓީ ޕްރޮޖެކްޓް" ގެ ދަށުން ވޯކްޝޮޕެއް

ކުޅުދުއްފުށި ސިޓީގައި “ކްލައިމެޓް ޗޭންޖް އެންޑް ހިޔުމަން މޮބިލިޓީ ޕްރޮޖެކްޓް” ގެ ދަށުން ވޯކްޝޮޕެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މި ވޯކްޝޮޕަކީ، އިންޓަރނޭޝަނަލް އޯރގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި.އޯ.އެމް) އިން މޯލްޑިވްސްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިޔަ 1 ދުވަހުގެ ވޯރކްޝޮޕެކެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ މި ވޯރކްޝޮޕްގެ މަޤްޞަދަކީ، އެ ޖަމިއްޔާއިން ތައްޔާރުކޮށްފައިވާ ބޭސްލައިން ދިރާސާގެ ހޯދުންތައް ހިއްސާކުރުމާއި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ...

ބިދޭސީ މުވައްޒަފުންތަކެއްގެ ކަންބޮޑުވުން ހިފައިގެން މޭޔަރު އާތިފުގެ ގާތަށް
Thiladhunmathi News

ބިދޭސީ މުވައްޒަފުންތަކެއްގެ ކަންބޮޑުވުން ހިފައިގެން މޭޔަރު އާތިފުގެ ގާތަށް

ބިދޭސީ މުވައްޒަފުންނަށް ބޭރަށް ފައިސާ ފޮނުވޭ އަދަދު، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ތިން ފަހަރަށް ތިރިކޮށް، 500 ޑޮލަރުން 150 ޑޮލަރަށް ކުޑަވުމާ ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކާއި ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.  ބިދޭސީ މުވައްޒަފުންގެ ވާހަކަ އަޑުއެއްސެވުމަށްފަހު ބޭރު ފައިސާ ފޮނުވޭ ވަރު ދަށްކުރިކުރުމާމެދު ކަންބޮޑުވުން ފާޅުކޮށް މޭޔަރ ޢާޠިފް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި...

ކުޅުދުއްފުށީގެ ދުވުންތެރިޔާ އަހުނާ އަށް ސިޓީ ކައުންސިލުން ހޫނު މަރުހަބާއެއް
Thiladhunmathi News

ކުޅުދުއްފުށީގެ ދުވުންތެރިޔާ އަހުނާ އަށް ސިޓީ ކައުންސިލުން ހޫނު މަރުހަބާއެއް

4 ވަނަ ދެކުނު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕު 2025 ގައި ވާދަކޮށްގެން ލޯ މެޑަލް ހޯދި ރާއްޖޭގެ ޤައުމީ އަންހެން ރިލޭ ޓީމުގައި ހިމެނުން ކުޅުދުއްފުށީ ދުވުންތެރިޔާ، އަހުނާ ނިޒާރު އަށް އެ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އިންޑިއާގެ ރަންޗީގެ ބިރްސާ މުންޑާ އެތުލެޓިކްސް ސްޓޭޑިއަމްގައި މިމަހު ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭ އަންހެން ރިލޭ ޓީމު ލޯ މެޑަލް ހާސިލްކޮށްފައިވަނީ 4 ގުނަ 100 މީޓަރު ރިލޭ 47.79 ސިކުންތުގެ ތެރޭގައި ރޭސް […]

ކުޅުދުއްފުއްޓާއި އުތުރުގެ ހިތްވަރު ދައްކައިދިން "ބޮޑުދަތުރު"ގެ ތީމަށް މޮނިއުމެންޓެއް ފަރުމާކުރުމަށް ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުއްޓާއި އުތުރުގެ ހިތްވަރު ދައްކައިދިން "ބޮޑުދަތުރު"ގެ ތީމަށް މޮނިއުމެންޓެއް ފަރުމާކުރުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑު އެއް ހާދިސާ ކަމަށްވާ، ކުޅުދުއްފުއްޓާއި، އުތުރުގެ ތާރީޚް ފަޚުރުވެރިވާ “ބޮޑުދަތުރު” ތީމަށް ކުޅުދުއްފުށީގައި މޮނިއުމެންޓެއް ފަރުމާކުރުމަށް ހުޅުވާލައިފިއެވެ. މި ތާރީޚީ ބިނާ ފަރުމާކުރުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މޮނިއުމަންޓް ފަރުމާކުރާއިރު ކުރަންވާނީ އެ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގަވާއިދަށް ހާއްސަ އިސްކަމެއް ދީގެންކަމަށެވެ.  މިގޮތުން ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރ...

ޑރ.ޝިރާނީގެ 'ހަޔާތުގެ ސަފްހާތަކުން ބާބެއް-އެކްޒީމާގެ ދަތުރު' ފޮތް ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް
Thiladhunmathi News

ޑރ.ޝިރާނީގެ 'ހަޔާތުގެ ސަފްހާތަކުން ބާބެއް-އެކްޒީމާގެ ދަތުރު' ފޮތް ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް

ޑރ. ޝިރާނީ ލިޔުއްވާފައިވާ ފޮތް، “ހަޔާތުގެ ސަފްހާތަކުން ބާބެއް – އެކްޒީމާގެ ދަތުރު” ކުޅުދުއްފުށި ސިޓީ ޕަބްލިކް ލައިބްރަރީ އަށް ހަދިޔާކުރައްވައިފިއެވެ. ޑރ. ޝިރާނީގެ މި ފޮތް އިއްޔެ ރަސްމީކޮށް ޕަބްލިޝްކޮށްފައިވާއިރު، ޑރ. ޝިރާނީގެ މަންމަ، ޚަދީޖާ އާދަމް އާއި ކޮއްކޮ، ސަނާ އަބްދުއްރަހްމާން، ޝަމްރާ އަބްދުއްރަހްމާން އަދި މަރިޔަމް ޝާދިޔާއަށް ހަދިޔާކޮށް ތަޙްސީސުކުރައްވާފައިވާ މި ފޮތް ނެރެދެއްވީ ޑރ. ޝިރާނީގެ މަންމައާއި ބައްޕަ އެވެ. ދިވެހި އަދި އިނގިިރޭސި ބަހުން ލިޔުއްވާފައިވާ އެ ފޮތުގެ ކޮޕީ […]

ޢަލީ އަކީ ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއް: މޭޔަރ ޢާޠިފް
Thiladhunmathi News

ޢަލީ އަކީ ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއް: މޭޔަރ ޢާޠިފް

އިނގިރޭސި ސަރުކާރުން ދެއްވި ޝީވްނިންގ ސްކޮލަޝިޕްގެ ދަށުން އިތުރަށް ތައުލީމު ޙާސިލް ކުރުމަށް ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުން ޢަލީ އަޙުމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް، ޢަލީއަށް ތަޢުރީފު ކުރައްވައި، އޭނާއަކީ “ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއް” ކަމަށް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ، ޢަލީގެ އިސްތިއުފާއަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން މޭޔަރ ގެ ޕޯސްޓުގައި، ކުޅުދުއްފުށި ސިޓީ ކައ...

ކުޅުދުއްފުށީގައި ތަރައްޤީކުރާ މެންޓަލް ހެލްތު ސެންޓަރަށް އޮސްޓްރެލިއާގެ ހައިކޮމިޝަނަރުގެ ޒިޔާރާތެއް
Thiladhunmathi News

ކުޅުދުއްފުށީގައި ތަރައްޤީކުރާ މެންޓަލް ހެލްތު ސެންޓަރަށް އޮސްޓްރެލިއާގެ ހައިކޮމިޝަނަރުގެ ޒިޔާރާތެއް

އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު، އެޗް.އީ. ޑޭވިޑް ޖެސަޕް، ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި ތަރައްޤީކުރަމުންދާ މެންޓަލް ހެލްތް ސެންޓަރަށާއި، ސިޓީގެ ތަފާތު ތަންތަނަށް ޒިޔާރަތްކުރައްވައިފިއެވެ. ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ގޮތުން ހައިކޮމިޝަނަރ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، ކުުޅުދުއްފުށީގައި ތަރައްޤީކުރާ މެންޓަލް ހެލްތް ސެންޓަރަށް ޒިޔާރާތްކޮށް، ނަފްސާނީ ސިއްހަތުގެ މަސައްކަތްތަކާއި، ކޮމިއުނިޓީގެ...

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އިސްތިއުފާދެއްވައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އިސްތިއުފާދެއްވައިފި

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އަޙުމަދު އިއްޔެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. މިކަން ހާމަކުރައްވަމުން ޢަލީ އާންމުކޮށްފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، އިނގިރޭސި ސަރުކާރުން ދެއްވާ ޝީވްނިންގ ސްކޮލަރޝިޕް ލިބި، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި. “އެންވަޔަރމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް” އިން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ކުޅުދުއްފުށި ސިޓީގެ ކައުންސިލަރު ކަމުންނާއި، ޑެޕިއުޓީ މޭޔަރ ކަމުން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. މިގޮތުން، ޢަލީގެ ދައުރު ނިމ...

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާޙުކޮށްފި
Thiladhunmathi News

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާޙުކޮށްފި

ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަމާއި ތަރައްޤީ އިތުރަށް ކުރިއެރުވުމަށް “ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް” ރަސްމީކޮށް މިއަދު ކުޅުދުއްފުށި ސިޓީގައި އިފްތިތާޙުކޮށްފިއެވެ. މި ޕްރޮގްރާމަކީ، ރާއްޖޭގެ ސަލާމަތާއި ތަރައްޤީ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ މުޖުތަމަޢުގެ ކަމާބެހޭ ފަރާތްތަކުގެ ގާބިލިއްޔަތު އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު، އެމް.އީ. ޑޭވިޑް ޖެ...

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގެ 36 ގެއަކަށް ފެންވަދެ ގެއްލުންވެއްޖެ
Thiladhunmathi News

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގެ 36 ގެއަކަށް ފެންވަދެ ގެއްލުންވެއްޖެ

މިހާރު ކުރަމުންމިދާ ވިއްސާރައިގައި ކުޅުދުއްފުށި ސިޓީ އަށް މިއަދު ބޯކޮށް ވާރޭ ވެހި، 36 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.\ މިކަމާއި ގުޅިގެން މޭޔަރ ޢާޠިފް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ކުރަމުންދާ ވިއްސާރައިގައި މިހާހިސާބަށް 36 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބި، އޭގެ ތެރެއިން 1 ގޭގައި މިވަގުތު މީހުންނަށް ދިރިނޫޅެވޭވަރުވެފައިވާކަމަށެވެ. މިގޮތުން ރަށުގައި ފެންގަނޑު ކޮންޓްރޯލްކޮށް ރައްޔިތ...

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ބަގީޗާ އާއި ގަސް ބަލަހައްޓާ މުވައްޒަފުންނަށް ޚާއްސަ ތަމްރީނެއް
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ބަގީޗާ އާއި ގަސް ބަލަހައްޓާ މުވައްޒަފުންނަށް ޚާއްސަ ތަމްރީނެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބަގީޗާ އަދި ގަސް އިންދުމާއި ބެލެހެއްޓުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި އޮކްޓޯބަރ މަހު 3 އިން 12 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި 9 ދުވަހުގެ ޕްރޮގްރާމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގްރާމުގައި، ބަގީޗާ ހެއްދުމާއި ބެލެހެއްޓުން، ގަހުގެ ނާރސަރީ ހިންގުމާއި ބެލެހެއްޓުން، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އަދި ގަސް އިންދުމާއި ހެއްދުމުގައި ސަމާލުކަން ދޭންޖެހޭ މުހި...

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނެއް
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނެއް

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ސިޓީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި، މި ޕްރޮގްރާމަކީ، ފާއިތުވި ހަފްތާ ބަންދުގައި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އަހަރުގެ އެކި ހިސާބުތަކަށް ބަހާލައިގެން ޕަރސަނަލް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ޓްރެއިނަރ ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން މި ޕްރޮގްރާމުގެ ސެޝަންތައް ނަންގަވާދެއްވ...

ކުޅުދުއްފުށީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މަޤުސަދުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި އޮކްޓޯބަރ މަހު 1 އިން 6 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މުޅި ޖުމްލަ 24 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އިމާމުކަމާއި ޚަތީބުކަމުގެ ތަޖުރިބާކާރު، އެ ދާއިރާއިން ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި، ޒުވާން ޚަތީބުންވ...