ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އަޙުމަދު އިއްޔެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

މިކަން ހާމަކުރައްވަމުން ޢަލީ އާންމުކޮށްފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، އިނގިރޭސި ސަރުކާރުން ދެއްވާ ޝީވްނިންގ ސްކޮލަރޝިޕް ލިބި، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި. "އެންވަޔަރމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް" އިން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ކުޅުދުއްފުށި ސިޓީގެ ކައުންސިލަރު ކަމުންނާއި، ޑެޕިއުޓީ މޭޔަރ ކަމުން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން، ޢަލީގެ ދައުރު ނިމިގެން އައި އިރު ދަސްވި ފިލާވަޅުތައް ފާހަގަކޮށް، އެ ފުރުސަތު ދެއްވި ކަމަށްޓަކައި ކުޅުދުއްފުށީ ރައްޔިތުންނަށާއި، ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އަށާއި، ކުޅުދުއްފުށީ ކުރީގެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަޠީފް އަދި ސިޓީ ކައުންސިލުގެ ކައުންސިލަރުންނަށާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން މުއައްސަސާތަކަށާއި ޖަމިއްޔާތަކަށް ޢަލީ ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލެވުނު 5 އަހަރުގެ ތަރައްޤީގެ ޕްލޭން ތަންފީޒުވެގެން ގޮސްފައިވާއިރު، ތަރައްޤީގެ ޕްލޭން އާއި މުހިންމު ކަންތައްތަކެއް ހާސިލްކުރުމުގެ މަސައްކަތުގައި ކައުންސިލާއެކު ބައިވެރިވެވުން ފާހަގަކޮށް، ގިނަ މަސައްކަތްތަކެއް ވިލަރެސްކުުރުމުގައި އިސްރޯލެއް މަގާމުން ވަކިވުމުގެ ކުރިން އަދާކުރެވުމަކީ ހިތަށް ލިބޭ ފިނިކަމެއްކަމަށް ޢަލީ ވިދާޅުވެފައިވެއެވެ.

''އަޅުގަނޑުގެ ނަސޭހަތަކީ އެންމެހާ ރައްޔިތުންވެސް، ހުރިހާ ދަރިވަރުންވެސް އަބަދުމެ ނަފްސު ތަރައްޤީކުރުމުގައި ދެމިތިބެ، ފުރުސަތުތައް ހޯދައި ލިބިގަނެ ބޭނުން ހިފާ ބަޔަކަށްވުން.'' ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އަޙުމަދު ވިދާޅުވެފައިވެއެވެ.

ޢަލީ ވަނީ މި މަގާމުން ވަކިވީ ނަމަވެސް ކުޅުދުއްފުއްޓަށް ޚިދުމަތް ކުރުމުގައި ކުރިއަށް އޮތްތާވެސް ފެންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.