ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަމާއި ތަރައްޤީ އިތުރަށް ކުރިއެރުވުމަށް "ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް" ރަސްމީކޮށް މިއަދު ކުޅުދުއްފުށި ސިޓީގައި އިފްތިތާޙުކޮށްފިއެވެ.

މި ޕްރޮގްރާމަކީ، ރާއްޖޭގެ ސަލާމަތާއި ތަރައްޤީ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ މުޖުތަމަޢުގެ ކަމާބެހޭ ފަރާތްތަކުގެ ގާބިލިއްޔަތު އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު، އެމް.އީ. ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އާއި ކައުންސިލު މެންބަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިން އަދި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާޙުކުރުން، ފޮޓޯ: ސިޓީ ކައުންސިލް

މިގޮތުން މި ޕްރޮގްރާމް އިފްތިތާޙުކުރުމަށްފަހު، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެން.ސީ.ޓީ.ސީ) އާއި ގުޅިގެން ޔޫ.އެން.އޯ.ޑީ.ސީ އިން ފެސިލިޓޭޓްކުރާ ތިން ދުވަހުގެ ވޯކްޝޮޕެއް ކުރިއަށްދާނެއެވެ.

މި ޕްރޮގްރާމުގެ ސަބަބުން، ދިވެހިރާއްޖޭގެ ސަލާމަތީ މަސައްކަތްތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ހަރުކަށި ފިކުރުތަކަށް ތަޞައްރަފު ކުރުމަށް ބޭނުންވާ ހުނަރުތަކާއި މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގެ ތެރެއިން، ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާވެ، ހަރުކަށި ފިކުރުގެ ނުރައްކަލުން ރައްކާތެރިވުމަށް މުޖުތަމަޢުގެ އެންމެންނަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށް ފާހަގަކުރެވެއެވެ.