ކުޅުދުއްފުށި ބޯޒިޔާރަތް ބީޗު ހުޅުވައިފި
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު މިރޭ ހުޅުވައިފިއެވެ. މިތަން ހުޅުވައިދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. ބޯޒިޔާރަތަކީ ކުޅުދުއްފުށީ ހުޅަނގު ދެކުނު ދެކޮޅު ގައި ޒަމާނުއްސުރެ މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. ކުޅުދުއްފުށީގެ އާންމު ރައްޔިތުންނާއި ދައުލަތުގެ ފަރާތުން މި ސަރަހައްދު އެކި ދުވަސްވަރުގައި ތަރައްގީ ކުރަމުން ދިޔަ ނަމަވެސް އެންމެ އެދެވޭގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއެކު...