ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ސިޓީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި، މި ޕްރޮގްރާމަކީ، ފާއިތުވި ހަފްތާ ބަންދުގައި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އަހަރުގެ އެކި ހިސާބުތަކަށް ބަހާލައިގެން ޕަރސަނަލް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ޓްރެއިނަރ ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށެވެ.

Ad
rt

އެގޮތުން މި ޕްރޮގްރާމުގެ ސެޝަންތައް ނަންގަވާދެއްވާފައިވަނީ، ޕަރސަނަލް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ޓްރެއިނަރ އަދި ތަޖުރިބާކާރު ސްޕީކަރ މަރްޔަމް މުޙައްމަދު އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ޓްރެއިނިންގ ޕްރޮގްރާމް، ފޮޓޯ: ސިޓީ ކައުންސިލް

މި ޕްރޮގްރާމުގައި ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޓްރެއިނިންގް އަދި ގްރޫޕް ކޯޗިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން އިތުރަށް ވަނީ، މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ އަދި ކޯޗިން ސެޝަންތައް ކުރިއަށް ގެނގޮސްފައިވާތީ މަރްޔަމް މުޙައްމަދުގެ އަގު ވަޒަންކޮށް ޝުކުރުދަންނަވާފައެވެ.