ކުޅުދުއްފުށި ސިޓީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރު ކުރިމަތީގައިވާ ގްރީންޒޯން ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
ސިޓީ ކައުންސިލުން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތެއްކަމަށްވާ ކެނަލް އިންވެސްޓްމަންޓް އާއެވެ. މިގޮތުން މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ކައުންސިލް މެންބަރ ރިޟްވާން މުޙައްމަދު ސޮއިކުރައްވާފައިވާއިރު، ކެނަލް އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ އިންވެސްޓްމަންޓްގެ ވެރިޔާ، އާދަމް އަޙުމަދު އެވެ.
މި މަޝްރޫޢޫގެ މަސައްކަތާއި ގުޅޭ ގޮތުން ސިޓީ ކައުންސިލުން ބުނެފައިވަނީ، މި މަސައްކަތަކީ ކުޅުދުއްފުއްޓަކީ ސާފު ރީތި ހިތްގައިމު، ޒަމާނީ އާންމު ސަރަހައްދުތަކާއެކު ތަރައްޤީވާ ސިޓީ އަކަށް ހެދުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން ރަށުގެ މޫނުމަތި ޒީނަތްތެރިކުރުމުގެ މަޤުސަދުގައި ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރު ކުރިމަތި ގްރީންޒޯން ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
155 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަސައްކަތުގެ ޖުމްލަ އަގަކީ 3002010 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!