ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިއަދު ބޭއްވި މަސައްކަތްތެރީންގެ މައުރަޒުން ކުޅުދުއްފުށީގެ ރައްޔިތުންގެ ހުނަރުން ފުރިގެންވާ މަސައްކަތްތެރިކަމާއި، ދިވެހީންގެ އާދަކާދައާއި ސަޤާފީ ފަންނުވެރިކަމުގެ މަސައްކަތްތަކާއި ގުޅުންހުރި ޒަމާނީ އެތައް ކަމެއް ދައްކުވައިދީފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީީ ރައްމަތިފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި މަސައްކަތްތެރީންގެ މައުރަޒަކީ، ސިޓީގެ ރައްޔިތުންނަށް ހުނަރާއި މަސައްކަތްތެރިކަން ޤައުމީ ފެންވަރުގައި ދައްކާލުމަށް ފުރުސަތު ހޯދައިދީ، ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ރޫހު އާލާކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މައުރަޒެކެވެ.

Ad
d
ކުޅުދުއްފުށީ ސިޓީގެ މަސައްކަތްތެރީންގެ މައުރަޒު، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން މި މައުރަޒުގެ މަޤުސަދުތަކުގެ ތެރޭގައި ދިވެހީންގެ ކާބަފައިންގެ ޒަމާނުއްސުރެއް ކުރަމުން އައި މަސައްކަތްތައް ދިރުވައި އާލާކުރުމުގެ އިތުރުން މުއްސަނދި ސަޤާފަތް އަންނަން އޮތް ޖީލުތަކަށް ދިރުވައި ދެމެހެއްޓުމަށް ބާރުއެޅުންވެސް ހިމެނެއެވެ.

"ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު 2025"ގައި ކުޅުދުއްފުށީގެ ފަންނުވެރިންގެ ފަންނު ދައްކާލުން، ފޮޓޯ: ސިޓީ ކައުންސިލް

މި މަސައްކަތްތެރީން ގެ މައުރަޒަކީ މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ ކޮމްނަވެލްތް ބީޗް ހޭންޑްބޯލް މުބާރާތާއި ގުޅިގެން ހިންގާ ތަފާތު އެތައް ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

"ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު 2025"ގައި ކުޅުދުއްފުށީގެ ފަންނުވެރިންގެ ފަންނު ދައްކާލުން، ފޮޓޯ: ސިޓީ ކައުންސިލް

މިގޮތުން، ބޮޑުވަމުން އަންނަ ޖީލުގެ ޅަދަރީންގެ ހިތްތަކުގައި ސަޤާފީ ހަރަކާތްތަކަށް ލޯބި ޖެއްސުމަށާއި، ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ތަފާތު އާދަކާދައާއި ފަންނުވެރިކަމުގެ މަސައްކަތްތައް، ބީޗް ހޭންޑްބޯލް މުބާރާތައް ކުޅުދުއްފުއްޓަށް އައިސް ތިބި ޤައުމުތަކުގެ ކުޅުންތެރިންނަށް ދައްކާލުމުގެ ގޮތުން މި މައުރަޒުގައި ބައިވެރިވި ސްޓޯލުތަކުން ވަނީ އެ މަޤުސަދު ފުރިހަމައަށް ހާޞިލްކޮށްފައެވެ.

"ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު 2025"ގައި ކުޅުދުއްފުށީގެ ފަންނުވެރިންގެ ފަންނު ދައްކާލުން، ފޮޓޯ: ސިޓީ ކައުންސިލް

މި މަރުކަޒުގައި ދިވެހިން އާމްދަނީ ހޯދުމަށް ކުރީޒަމާނުގައާއި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަނބުރުވެރިކަމާއި، ރާވެރިކަމާއި، ރޯނުވެށުމާއި، މަސްކެއްކުމަށްޓަކައި ދިވެހިން ކުރާ ބުރަ މަސައްކަތް ފެށުނީއްސުރެއް ނިމެންދެން ވަނީ ދައްކުވައިދީ އެ މަސައްކަތުގެ މަރުހަލާ ކިޔާދީފައެވެ. އަދި ބައެއް ސްޓޯލްތަކުގައި ބެލުންތެރިންނަށް އެ މަސައްކަތް ކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން އެ މަސައްކަތް އަމިއްލަ އަށް ކުރުމަށް ހަވާލުކޮށްފައިވެއެވެ.

"ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު 2025"ގައި ކުޅުދުއްފުށީގެ ފަންނުވެރިންގެ ފަންނު ދައްކާލުން، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން ކުޅުދުއްފުއްޓަށް ހާއްސަ، ޖީލުތަކުން ވާރުތަވަމުން އަންނަ ހާލުފޮޅި އެޅުމަށާއި، މަސްބޮނޑި ފިހުމުގެ މަސައްކަތްވެސް ވަނީ މި މައުރަޒުގައި ދައްކުވައިދީފައެވެ.

"ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު 2025"ގައި ކުޅުދުއްފުށީގެ ފަންނުވެރިންގެ ފަންނު ދައްކާލުން، ފޮޓޯ: ސިޓީ ކައުންސިލް

ވިޔަފާރީގެ ގޮތުގައި މިފަދަ މަސައްކަތްތައް އަދިވެސް ކުޅުދުއްފުށީީގައި ހުއްޓުމެއް ނެތި ކުރަމުންދާ މި މަގުބޫލު މަސައްކަތްތަކަކީ، ކެތްތެރިންނަށާއި ހުނަރުވެރިންނަށް ނޫނީ ނުވާނެ ކަންކަންކަން އެ ފަރާތްތަކުން ވަނީ ސްޓޯލަތަކުގައި ދައްކުވައިދީފައެވެ.

"ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު 2025"ގައި ކުޅުދުއްފުށީގެ ފަންނުވެރިންގެ ފަންނު ދައްކާލުން، ފޮޓޯ: ސިޓީ ކައުންސިލް

މި މައުރަޒުގައި އިތުރަށް ފަނުން ތަފާތު އެކި ތަކެތި ވިޔެ، އަތްތެރި މަސައްކަތްތަކުގައި ހިމެނޭ ކަންކަންކަމާއި ޒަމާނީ ކުޅިވަރުތަކުގައި ހިމެނޭ ކުޅިވަރުތަކާއި ދިވެހި ބޮޑު ކެއުމުގެ އިތުރުން ދިވެހި ސަޤާފީ ހެދުން ތައްޔާރުކުރާގޮތް ވަނީ ދައްކުވައިދީފައެވެ.

"ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު 2025"ގައި ކުޅުދުއްފުށީގެ ފަންނުވެރިންގެ ފަންނު ދައްކާލުން، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ އަކީ ވަރަށް މުއްސަނދި ސަގާފަތެއްގެ ވެރި ރައްޔިތަކު ދިރިއުޅޭ ތަނެކެވެ. ޚާއްޞަކޮށް ދިވެހީންގެ މަސައްކަތެރިކަމުގެ ރޮނގުތަކުގައި ފަންނުވެރި އެތައް ރައްޔިތުންނެއް ތިބި ސިޓީއެކެވެ.

Ad
df