ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ، "ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" މިއަދު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުالله ރާފިޢު އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު، މިސްޓަރ ނިކް ލޯވް އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގެ ޑިފެންސް އެޑްވައިޒަރ، ކެޕްޓަން ދީޕަކް ބާލީ ބަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 މިއަދު ކުޅުދުއްފުށި ސިޓީގައި ފެށުން، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް
މީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އާއި ހޭންޑްބޯލް މޯލްޑިވްސް ގެ ރައީސް އަޙުމަދު މުޖުތަބާ އާއި، ކައުންސިލް މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު ބާއްވާފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން މި މުބާރާތާއި ގުޅިގެން ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ އައު ހޭންޑްބޯލް ޕިޗުގައެވެ.
ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 މިއަދު ކުޅުދުއްފުށި ސިޓީގައި ފެށުން، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް
މި ސެޕްޓެމްބަރ މަހު 18 އިން 22 އަށް ކުރިއަށްގެންދާ މި މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމް ހިމެނޭހެން 6 ޓީމެއް ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި، ސްރީލަންކާ، ބަންގްލަދޭޝް، ސައުތު އެފްރިކާ އަދި ޕާކިސްތާނުގެ އިތުރުން އިންޑިއާ ގެ ހޭންޑްބޯޅަ ޓީމު ހިމެނެއެވެ.
ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 މިއަދު ކުޅުދުއްފުށި ސިޓީގައި ފެށުން، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވެފައިވަނީ، މިފަދަ މުބާރާތެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ލިބުނު ފުރުސަތަކީ ވަރަށް ތާރީޚީ ހިނދުކޮޅެއްކަމަށެވެ. އަދި މި މުބާރާތް ރާއްޖޭގައި ހޯސްޓުކުރަން ލިބުނު ފުރުސަތަކީ ސަރުކާރުގެ ވިޝަން އާއި އަމާޒުގެ ދަށުން ކުރިއަށް އޮތް ތާނގަވެސް ރާއްޖޭގައި މިފަދަ ބޮޑެތި ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވިގެންދާނެ ކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.
ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 މިއަދު ކުޅުދުއްފުށި ސިޓީގައި ފެށުން، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް
މިގޮތުން މި ފުރުސަތުގައި ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިކޮށްދެއްވާފައިވާތީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން މި މުބާރާތައް ކުޅުދުއްފުށި ސިޓީ ކައުންސިލުންނާއި ހޭންޑްބޯލް އެސޯސިއޭޝަންނުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް އެ ކައުންސިލަށާއި އެސޯސިއޭޝަނަށްވެސް ވަޒީރު ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 މިއަދު ކުޅުދުއްފުށި ސިޓީގައި ފެށުން، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް
މިއަދު ކުރިއަށްގެންދިޔަ މި ރަސްމިއްޔާތައް ފަހު، މި މުބާރާތުގައި އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ ދިވެހިރާއްޖެއާއި ސްރީލަންކާ ބައްދަކުރި މެޗުންނެވެ. މިގޮތުން، ދެ ޤައުމުންވެސް ވާދަވެރިކުޅުމަކަށްފަހު 1-2 ގެ ނަތީޖާއަކުން ސްރީލަންކާ ބަލިކޮށް ރާއްޖެވަނީ މި މެޗު ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!