މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކާނަލް ނާޒިމް

110 Stories filed
އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން ޔަގީންކޮށްދިނުމަށް އެމްއެންޕީން ގޮވައިލައިފި
Raajje

އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން ޔަގީންކޮށްދިނުމަށް އެމްއެންޕީން ގޮވައިލައިފި

އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން ޔަޤީންކޮށްދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވައިލައިފިއެވެ. އެ ޕާޓީން މިހެން ގޮވައިލީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ނެރުއްވި ބަޔާނުގައެވެ. އެ ބަޔާނުގައި ބުނީ ދިވެހި އަންހެނުންނަކީ ދުނިޔޭގެ ނިސްބަތުން ވެސް ޤާބިލު އަދި ތޫނުފިލި ބައެއްކަން ރާއްޖޭގެ ތަޢުލީމީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާގެ ވަނަތައް އިޢުލާނުކުރާ ސްޓޭޖްތަ...

މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހަން ނާޒިމް މަސްވެރިން ގާތަށް
Raajje

މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހަން ނާޒިމް މަސްވެރިން ގާތަށް

މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ބައެއް މަސްވެރި އުޅަނދުތަކަށް އިއްޔެ ޒިޔާރަށް ކޮށްފިއެވެ. އެމްއެންޕީން ބުނި ގޮތުގައި ނާޒިމް އިއްޔެ ހަވީރު ވަނީ މާލޭސިޓީ، މަސް މާރުކޭޓުގެ ބަނދަރު ސަރަހައްދަށް ޒިޔާރަށް ކުރަށްވައި ބައެއް ދޯނިތަކަށް އަރުއްވައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެމްއެންޕީން ބުނިގޮތުގައި ކުރިމަގުގައި ނާޒިމް މަސްވެރި އުޅަނދެއްގައި މަސްވެރިކަން ތަޖުރި...

ރާއްޖެއަކީ އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތްކުރާ ތަނަކަށް ވެގެންނުވާނެ، އެމްއެންޕީން އެފުރުސަތެއް ނުދޭނަން: ނާޒިމް
Raajje

ރާއްޖެއަކީ އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތްކުރާ ތަނަކަށް ވެގެންނުވާނެ، އެމްއެންޕީން އެފުރުސަތެއް ނުދޭނަން: ނާޒިމް

ދިވެހި ފަސްގަނޑަކީ ބޭރުގެ އެއްވެސް ގައުމެއްގެ މަސްލަހަތު އެއްގޮތަކަށް ވެސް ހިމާޔަތްކުރާ ތަނަކަށް ވެގެންނުވާނެކަމަށާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެެރިކަމެއްގައި އެއްވެސް ބަޔަކަށް އެފުރުސަތު ނުދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީން ރޭގައި ވަނީ “ނާޒިމް ބުނަނީ ކީކޭ؟” ނަމުގައި ކްލަބް ހައުސް އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. ކްލަބް ހައުސްގެ އިތުރުން އެ ޕާޓީގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރި މި އިވ...

ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަން ޖެހޭ: ނާޒިމް
Raajje

ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަން ޖެހޭ: ނާޒިމް

ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މިއަދަކީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހެވެ. މިއަދުގެ މުނާސަބާގައި ތަހުނިޔާ ފޮނުއްވަމުން ނާޒިމް ވިދާޅުވަނީ ދިވެހިންގެ އަމިއްލަ ފަހުރުވެރި ދިވެހިބަސް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަން ޖެހޭ ކަމަށެވެ. މިއަހަރުގެ މާދަރީ ބަހުގެ ދުވ...

އެމްއެންޕީގެ ވެރިކަމެއްގައި ގެސްޓްހައުސް އަޅާފައި ދޭނީ ތަޅުދަނޑި: ނާޒިމް
Raajje

އެމްއެންޕީގެ ވެރިކަމެއްގައި ގެސްޓްހައުސް އަޅާފައި ދޭނީ ތަޅުދަނޑި: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ކަނޑައަޅާ ރަށްތަކެއްގައި ސަރުކާރުން ގެސްޓްހައުސް ތަރައްގީކޮށް، އެ މަސައްކަތް ކުރަން ބޭނުން ޒުވާނުންނަށް ދޭނީ އެތަންތަނުގެ ތަޅުދަނޑިކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ”ރައްޔިތުންގެ އުދާސް”ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީގެ...

ބޭސްފަރުވާ ކުރުމުގައި އެންމެން ހަމަހަމަކޮށްދީ، އެންމެ ކާޑަކުން ބޭސްފަރުވާގޮތް ހަދައިދޭނަން: ނާޒިމް
Raajje

ބޭސްފަރުވާ ކުރުމުގައި އެންމެން ހަމަހަމަކޮށްދީ، އެންމެ ކާޑަކުން ބޭސްފަރުވާގޮތް ހަދައިދޭނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ބޭސްފަރުވާ ނިޒާމަކީ އެންމެނަށް ހަމަހަމަ ނިޒާމެއްގެ ގޮތުގައި ހަމަޖައްސައިދެއްވައި، އެންމެ އިންސުއަރެންސް ކާޑަކުން ބޭސްފަރުވާގޮތް ހަދައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ”ރައްޔިތުންގެ އުދާސް”ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަ...

އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ، އެކަން ހުއްޓުވަން ގާނޫނަށް އިސްލާހު ހުށަހަޅާނަން: ނާޒިމް
Raajje

އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ، އެކަން ހުއްޓުވަން ގާނޫނަށް އިސްލާހު ހުށަހަޅާނަން: ނާޒިމް

އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒު ސަރުކާރުން ތަކުރާރުކޮށް ފޯރުވަމުންދާ ކަމަށާއި، އެކަން ހުއްޓުވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރަށްވާފައިވާ ނާޒިމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ”އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒު ސަރުކާރުން ތަކުރާރުކޮށް ވައްދާތީ އެކަން ބަންދުކުރުމަށް އިންތިހާބ...

އެމްއެންޕީގެ ސަރުކާރެއްގައި ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށްކުރާނަން: ނާޒިމް
Raajje

އެމްއެންޕީގެ ސަރުކާރެއްގައި ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށްކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރާއްޖޭގައި ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށްކުރަށްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ”ރައްޔިތުންގެ އުދާސް”ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ފެންނަމުން ދަނީ ރާއްޖޭގެ ބޭންކްތަކުން ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ...

އެމްއެންޕީގެ ސަރުކާރެއްގައި 15.42ރ އަށް ޑޮލަރު ގަންނަން ލިބޭނެ: ނާޒިމް
Raajje

އެމްއެންޕީގެ ސަރުކާރެއްގައި 15.42ރ އަށް ޑޮލަރު ގަންނަން ލިބޭނެ: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި އާންމުކޮށް ޑޮލަރު ގަންނަން ލިބޭ ރޭޓް 15.42 އަށް ހަދާނެކަމުގައި  އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ”ރައްޔިތުންގެ އުދާސް”ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، މިއަދުގެ ހަޤީޤީ ޑޮލަރު ރޭޓަކީ 17.35 ރުފިޔާ ކަމަށެވެ. އެހެންކަމުން ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރާ މީހާއަށް ފައިދާ އެވަނ...

ސްވިޑަންގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށްހިތި ޢަމަލު ނާޒިމް ކުށްވެރިކުރަށްވައިފި
Raajje

ސްވިޑަންގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށްހިތި ޢަމަލު ނާޒިމް ކުށްވެރިކުރަށްވައިފި

ސްވިޑެންގެ ސިޔާސީ ހަރުކަށި މީހެއް ކަމަށްވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލައި، މާތްވެގެންވާ ކީރިތިޤުރްއާނަށް އިހާނެތިކޮށް ހިތި ހައްދުފަހަނައަޅާފައިވާ ޢަަމަލު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވައިފިއެވެ. ތުރުކީ އެމްބަސީ ކުރިމަތީގައި އޭނާ މުސްހަފު އަންދާފައި ވަނީ ސްވިޑެންގެ ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި ރައްކާތެރިކަމާ އެކު، އެކަން ކުރުމުގެ ފުރުސަތު ސްވިޑެން...

އެމްއެންޕީ ވެރިކަމެއްގައި ވަޒީފާ ނުލިބޭ ޒުވާނަކު ނުބަހައްޓާނަން: ނާޒިމް
Raajje

އެމްއެންޕީ ވެރިކަމެއްގައި ވަޒީފާ ނުލިބޭ ޒުވާނަކު ނުބަހައްޓާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ވަޒީފާ ނުލިބޭނެ އެއްވެސް ޒުވާނެއް ނުބަހައްޓާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މި ސަރުކާރުން ޒުވާނުންނަށް އަޅާނުލާ ކަމަށެވެ. ނާޒިމް ވިދާޅުވީ މި ސަރުކާރުން ކުރާހާ ކަމަަކީ ވެސް ސަރުކާރުގެ ތެރޭގައި ތަޅާފޮޅައި ވެރިކަން ލިބޭނީ ކާކަށްތޯ ބެލުން ކަމަށެވެ. ’’ކާކަށްތޯ […...

އަނިޔާގެ ހިތްދަތި ހަނދާންތައް އައު ކުރައްވަމުން ނާޒިމް ވިދާޅުވެދެއްވީ އޭނާގެ އެންމެ ބޮޑު އެއް އަމާޒު
Raajje

އަނިޔާގެ ހިތްދަތި ހަނދާންތައް އައު ކުރައްވަމުން ނާޒިމް ވިދާޅުވެދެއްވީ އޭނާގެ އެންމެ ބޮޑު އެއް އަމާޒު

ދައުލަތް ހިންގާން ލިބިއްޖެނަމަ އެންމެ ބޮޑު އަމާޒަކަށް ވާނީ މީހެއްގެ ފިކުރަކަށް، ކުލަޔަކަށް ނުބަލައި އިންސާފުގާއިމުކުރުމުގައި އާއި އެހެނިހެން ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަމުގެ އުސޫލު ހިފެހެއްޓުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އޭނާ ފްރޭމްކޮށް ޖަލަށްލިތާ 8 އަހަރު ފުރުމުގެ ހަނދާންތައް އައު ކުރައްވައި އާންމު ކުރ...

''އެމްއެންޕީ ވެރިކަމެއްގައި އެކަށޭނަ އާމްދަނީ ނުލިބޭ މީހުންނަށް ފެނާއި ކަރަންޓު ބިލު ދެއްކުމުގައި ލުއިގޮތްތަކެއް''
Raajje

''އެމްއެންޕީ ވެރިކަމެއްގައި އެކަށޭނަ އާމްދަނީ ނުލިބޭ މީހުންނަށް ފެނާއި ކަރަންޓު ބިލު ދެއްކުމުގައި ލުއިގޮތްތަކެއް''

މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ވެރިކަމެއްގައި ނިކަމެތިންގެ ގޮތުގައި ބެލެވޭ، ނުވަތަ މުސާރައިގެ ވަކި ގިންތިއެއްގެ ތެރޭގައި ހިމެނޭ މީހުންނަށް ފެނާއި ކަރަންޓް ބިލު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މާލޭގައި ހުންނަ އެމްއެންޕީގެ މައި ޖަގަހާގައި ރޭ ”ރައްޔިތުންގެ އުދާސް” ނަމުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ފުދުންތެރިކަމުގެ ވާހަކަ ދައްކާ...

އާރުސީސީން ގާނޫނާއި ޚިލާފު ކަމެއް ނުކުރާނަން: ނާޒިމް
Raajje

އާރުސީސީން ގާނޫނާއި ޚިލާފު ކަމެއް ނުކުރާނަން: ނާޒިމް

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އިން ރާއްޖޭގެ ގާނޫނުތަކާއި ޚިލާފު އެއްވެސް ކަމެއްް ނުކުރާނެ ކަމަށާއި އަދި އެފަދަކަމެއް ކުރަން ހިތްވަރުވެސް ނުދޭކަމަށް އެ ކުންފުނީގެ ޗެއާމަން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އާރުސީސީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފެނުނީ އެ ވޭން ދުއްވާފައި ދަނިކޮށް ފުލުހުންނަށް ޝައްކުވެގެން އެ ވޭން ހުއްޓުވައި ބަލާ ފާސްކުރުމުގެ ތެރޭގައެވެ. އެ ވޭނުގެ ތެރެއިން ބަނގުރާ ފުޅި ތަކަކާއި […]

އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކުރުމަކީ ދެފުށްދެގޮތްކަން އަންގައިދޭ ހެއްކެއް: ނާޒިމް
Raajje

އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކުރުމަކީ ދެފުށްދެގޮތްކަން އަންގައިދޭ ހެއްކެއް: ނާޒިމް

އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކުރުމަކީ ވަރަށް ދެފުށްދެގޮތްކަން އަންގައިދޭ ހެއްކެއްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރައީސް،  ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ، ކުރިއަށް ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނުކުންވަން ނިންމާފައިވާ ނާޒިމް މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ވެރިރަށް މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ފުލުހުން، ދޮށީ އުމުރުގެ އަންހެނެއް ހައްޔަރުކުރާ މަންޒަ...