ހިތާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
ބ. ހިތާދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން މިއަހަރު އޭޓީއެމް ޤާއިމްކުރެވުނު 44 ވަނަ ރަށެވެ. ރައީސް ބ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ވަނީ އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ހަނދާނީ ބޭންކް ކާޑެއް ރަ...