ބީއެމްއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

F6hqnbXa8AAo7lx

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

މި ކޭމްޕް، އެ ބޭންކުން ބާއްވާފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެންނެވެ. މި ކޭމްޕުގައި 46 މުވައްޒަފަކު ލޭ ހަދިޔާކުރިއެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ބީއެމްއެލްއިން ދަނީ ކޮންމެ ތިން މަހަކުން އެއް ފަހަރު ލޭ ހަދިޔާކުރުމަށް ކޭމްޕުތައް ބާއްވަމުންނެވެ.

މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި މި ކޭމްޕުން 60 އަށްވުރެ ގިނަ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މެމްބަރުން ލޭ ހަދިޔާ ކޮށްފައިވާ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.

https://x.com/bankofmaldives/status/1704729936970633413?s=20

ލޭ ހަދިޔާކުރުމުގެ ކޭމްޕް ބީއެމްއެލުން ބާއްވަން ފެށީ 2021 ވަނަ އަހަރެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖުތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި