ބީއެމްއެލް ކަސްޓަމަރުންގެ ރައްކާތެރިކަން އިތުރު ކުރުމަށް "ކިލް ސްވިޗް" އެއް
ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ ‘ކިލް ސްވިޗް’ އެއް ތައާރަފްކޮށްފިއެވެ. މި ކިލް ސްވިޗް ބޭނުންކޮށްގެން ވަގުތުން އެކްޓިވްކޮށް ހުންނަ އިންޓަނެޓް އަދި މޯބައިލް ބޭންކިން ސެޝަންތަކުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއ...