ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ދެ ލޯނެއްގެ މައްސަލާގައި މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އެ ބޭނުންކުން އިއުލާންކޮށްފި އެވެ.

މި ދެ ގެ ވިއްކާލަން ބީއެމްއެލުން ނީލަމަށް ހުޅުވާލާފައި ވަނީ ވަކި ދެ ޢިއުލާނެއްގައެވެ. އެ ދެ ޢިއުލާންގައި ބުނެފައިވާގޮތުން އެ ދެ ގެ ނީލަމުގައި ވިއްކާލަން އިއުލާންކުރީ އެ ބޭންކުން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ނުދައްކައިގެން ކަމަށެވެ.

Ad
rt

މިއީ މާލޭގެ މާފަންނުގައި ހުންނަ ދެ ގެއެވެ.

މީގެ ތެރެއިން އެއް ގެއަކީ 792 އަކަފޫޓުގެ މ. ނާއިންފަރުއާގެ އެވެ. މިގެ ވިއްކާލަން ނީލަން ފެށޭ އަގަކީ 13 މިލިއަން ރުފިޔާ އެވެ. މި ނީލަމަށް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހު 10 އަށެވެ.

އަނެއް ގެއަކީ މ. ބީޗް ކޯނާ އެވެ. 927.33 އަކަފޫޓުގެ މި ގެ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކީ 23.8 މިލިއަން ރުފިޔާ އެވެ. އެ ގެއަށް ގަތުމަށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ.

އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް މި ދެ ގޭ ވިއްކާލަން ބީއެމްއެލްއިން ނިންމާފައިވާއިރު، އެންމެ ބޮޑު އަގެއް ހުށަހެޅި ކަމަށް ބަލާނީ ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލެއް ނައިސް، ފަސް ދުވަސް ވަންދެން އޮތުމުންކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.