ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކް ފައިނޭންސިންއަށް އެދި ހުށަހަޅައިގެން، 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ފެށި މި ޕްރޮމޯޝަނުގައި އިސްލާމިކް ފައިނޭންސިންގެ ކޮންމެ ޕްރޮޑަކްޓަކަށް އެދި ހުށަހެޅިނަމަވެސް ބައިވެރިވެވޭނެއެވެ. އެގޮތުން މި ޕްރޮޑަކްޓުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނަގާނެއެވެ. މި ގުރުއަތުން ހޮވޭ ފަރާތަކަށް 3000 ރުފިޔާ ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

Ad
rt

މީގެ އިތުރުން މުޅި ޕްރޮމޯޝަނަށް ހާއްސަކޮށްގެން ގްރޭންޑް ވިނަރއެއް ހޮވަންވެސް ގުރުއަތު ނަގާނެއެވެ. ގްރޭންޑް ވިނަރގެ ގޮތުގައި ހޮވޭ ފަރާތަކަށް ބީއެމްއެލުން ހުށަހަޅާފައިވަނީ 50،000 ރުފިޔާއެވެ.

މި ޕްރޮމޯޝަން ފެށުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 9:00ގައި ބީއެމްއެލުން ވަނީ އޯޕަން ޑޭއެއްވެސް ފަށާފައެވެ. މި އޯޕަން ޑޭގައި ބައިވެރިވެ، ބީއެމްއެލް އިސްލާމިކް ބްރާންޗަށް ގޮސްގެން ބީއެމްއެލް އިސްލާމިކް ފައިނޭންސިން ޕްރޮޑަކްޓްގެ މައުލޫމާތު ސާފުކޮށް، ހިދުމަތައް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 10 ޖޫން އިން 22 ޖުލައި 2023ގެ ނިޔަލަށެވެ.