ރައީސް މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ 5 ގައި
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރާއްޖޭގެ ހާލަތު ބަޔާންކޮށްދީ އަދި ކުރިއަށް އޮތް އަހަރަށް ސަރުކާރުން ގެންގުޅޭނެ ސިޔ...