ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި އޮންނަގޮތަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނޯންނަގޮތަށް ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ތައާރަފްކުރަން ޤާނޫނުއަސާސީ އިސްލާހްކުރަން މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ނޫސްވެރިންނާއި ބައްދަލުކުރަށްވައި ދައްކަވަމުންދާ ވާހަކަފުޅުގައެވެ.

Ad
rt

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި އޮންނަގޮތަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނޯންނަގޮތަށް ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ދިޔުމަށާއި، ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެމްބަރު 11 ކަމުގައި ހެދުމަށް ގެންނަންޖެހޭ ބަދަލު ޤާނޫނުއަސާސީއަށް ގެނައުމަށް އިސްލާހް ހުށަހަޅަން ނިންމަވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ މެމްބަރުން މިހާރު ތިއްބެވި އަދަދު 93 އަށް ވުރެ އިތުރުނުވާނެހެން ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހް ގެނައުމަށް ވެސް ހުށަހަޅުއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

''އެހެންނޫނީ އާބާދީ ބޮޑުވާވަރަކަށް އިތުރުވަމުން އިތުރުވަމުން މިދަނީ، އެހެންވެ އަޅުގަނޑުމެން ނިންމީ އިތުރެއްދެންނުވާނޭ'' ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެ އަދަދަށް މެމްބަރުންގެ ޢަދަދު ''ފްރީޒް'' ކޮށްލަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.