ކުޑަކުޑަ ރަށްރަށަށް ވެސް ވެފައިވާ ވައުދެއް އޮވެއްޖަނަމަ ފުއްދައުދެއްވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މި ޔަގީންކަން އެމަނިކުފާނު ދެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި އެމަނިކުފާނު ވިދާޅުވީ މި މަސައްކަތްތައް ކުރަން ކެބިނެޓުގައި ތިއްބަވާނީ ތަޢުލީމީ، ޤާބިލް ތަޖުރިބާ ލިބިފައިވާ، ހީވާގި ބޭފުޅުން ކަމަށެވެ. އަދި އެކުލަވާ ކެބިނެޓް ވާނީ އެމަނިކުފާނަށް ފުރިހަމަ އިިތުރުބާރު އޮތް ކެބިނެޓަކަށް ކަމަށެވެ.

މީގެ އިތުރުން ކެބިނެޓަށް އައްޔަން ކުރައްވާ ބޭފުޅުން ވާނީ ވަރަށް ނަޒާހަތްތެރި، ހިދުމުގައި 24 ގަޑިއިރު ތިބެވޭ ވަރުގެ ބަޔަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ވަނީ ކުންފުނިތައް ބަނގުރޫޓުވެފައިކަން ހާކަމުރައްވައި، 32 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށާއި މިކުންފުނިތައް ހަވާލުކުރާނީ ކަންކަންކުރެވޭ ވަރުގެ ބޭފުޅުންނާކަމަށް ވެސް ވިދާޅުވެފައެވެ. އަދި ފަންސާހަކަށް ކުންފުނި އުފައްދާފައި އެބަ އޮތް ކަމަށާއި މީގެ ތެރެއިން ބައެއް ކުންފުނިތައް މާރޖުކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް ފެނަކަ ފަދަ ބޮޑެތި ކުންފުނިތައް ހިނގަމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މަގާމްތަކަށް ލާނީ އިތުބާރުކުރެވޭ، ބުނާ ގޮތަށް ކަންކަން ކުރާ ބޭފުޅުން ކަމަށާއި އެމަނިކުފާނަށް އެކަމެއްގައި ފަހު ބަސް ބުނެވޭ ފަދަ ބޭފުޅުން ކަމަށް ވެސް ވިދާޅުވިއެވެ.