ދިރާސީ އާ އަހަރު ޖެނުއަރީއަށް ބަދަލުކުރާތީ ވަޒީރު މަޖިލިހަށް ހާޒިރު ކުރަނީ
ދިރާސީ އާ އަހަރު، 2025 އިން ފެށިގެން ޖެނުއަރީ މަހަށް ބަދަލު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރަން މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވައިފިއެވެ. ރޮޒެއިނާ މަޖިލިހަށް ހުށަހެޅުއްވި ވަޒީރުންނާ ސުވާލު ކުރުމުގެ ނޯޓިސްގައި ވަނީ 2025 އިން ފެށިގެން ދިރާސީ އާ އަހަރުގެ ފެށުން ޖެނުއަރީ މަހަށް ބަދަލު ކުރައްވާނެ ކަމަށް މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ […]