ގައުމުގެ ވެރިކަން ލިބޭ ހިސާބުން ގާނޫނުއަސާސީއަކީ ވެސް ތިމަންނައޭ ހިތައްއެރުން އެއީ ހެދޭ އެންބޮޑު ގޯސްކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ނ. ވެލިދޫގައި ވާހަކަ ގައުމެއްގެ ވެރިއަކު ކުއްލިކުއްލިއަކަށް މާބޮޑަށް ރިއެކްޓް ކުރުމަކީ އެހާ ގަދަކަމެއްނޫންކަމަށާއި، އެކަމުން ނުކުންނަ ނަތީޖާ ވެސް އެހާ ސަޅި ނޫންކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެފައިވާ ވިދާޅުވެމުމާއިގުޅޭ ގޮތުން ޚިޔާލުފާޅު ކުރައްވަމުންނެވެ.

Ad
rt

ރޮޒައިނާ ވިދާޅުވީ، ވެރިކަމެއް ދެމެހެއްޓުމަށް ޕާޓީގެ ގްރާސްރޫޓްގެ ތާއީދުގެ އިތުރުން ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއި އަދި ޤާނޫނުއަސާސީއަށް ބޯލެނބުންފަދަ ސިފަތައް އެ ވެރިއެއްގެ ގައިގާ ހުރުން ވަރަށް މުހިންމު ކަމަށެވެ.

''ވެރިއަކަށްވާ ހިސާބުން ތިމަންނާއޭ ގާނޫނުއަސާސީ އަކީ ހިތައް އެރުން އެއީ ހެދޭ އެންމެ ބޮޑު ގޯސް'' ރޮޒައިނާ ވިދާޅުވެފައެވެ.

އެއަށް ފަހު އޭނާވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ވޯޓު ދިނުމަށް ގޮވާލާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް، މަޖިލިސް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެންމެ ހަރުކޮށް ދައްކާ އެއްވާހަކަ އަކީ ރައީސް ޞާލިހް ކަންކަމަށް ''ރިއެކްޓް'' ނުކުރައްވާކަމަށްބުނެ ދައްކާ ވާހަކައެވެ. އެމްޑީޕީގެ އިސް ލީޑަރު، ރައީސް ޞާލިޙްގެ ފަރާތްޕުޅުން ދައްކަމުން އަންނަ އެއް ވާހަކައަކީ ޕްރައިމަރީން ހޮވަންވަނީ މެންބަރުންގެ ބުރަމަސައްކަތުން ހޯދާ ވެރިކަން ދަމަހައްޓައި ދައުރު ފުރިހަމަކުރާނެ ކެންޑިޑޭޓެއް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތީ މިމަހުގެ 28 ގައެވެ.