މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ދިވެހިން ދެމިތިބޭނަން: ރައީސް
Raajje

ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ދިވެހިން ދެމިތިބޭނަން: ރައީސް

ދިވެހިރާއްޖެއިން، ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ދެމިތިބޭނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސެޝަންގެ މައުޟޫއަކީ “ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަޤާފަތާ ހުރިގުޅުން” އެވ...

ރައީސަށް މަރުގެ އިންޒާރު ދިން މައްސަަލައެއް ބަލަންފަށައިފި
Raajje

ރައީސަށް މަރުގެ އިންޒާރު ދިން މައްސަަލައެއް ބަލަންފަށައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. އދ.ގެ ގައުމީ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ރައީސް ތަގުރީރު ކުރައްވަނިކޮށް، އެ ތަގުރީރު ގެނެސްދިން ފޭސްބުކް ލައިވް އަށް މީހަކު ވަނީ ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެ ކޮމެންޓްކޮށްފައެވެ. ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނުމުގެ އިތުރުން އެމީހާ ވަނީ އެމީހާ ހައްޔަރުކުރަން އައުމަށް އެދި ފުލުހުންނަށް ނިސްބަތްކޮށް ވެސް ކޮމެންޓެއް ކޮށް...

ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަނީ
Raajje

ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަނީ

ދިވެހިރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާއި، އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން އިޢުލާން ކުރެއްވީ، އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓުކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުޞަތަކަށް ވެ...

ރާއްޖެއަކީ ތަރައްޤީގެ އެންމެ މަތީ ހަރުފަތުގައިވާ ޤައުމެއްކަމުގައި ވުމަކީ ރައީސްގެ ތަސައްވުރު
Raajje

ރާއްޖެއަކީ ތަރައްޤީގެ އެންމެ މަތީ ހަރުފަތުގައިވާ ޤައުމެއްކަމުގައި ވުމަކީ ރައީސްގެ ތަސައްވުރު

2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް ތަރައްޤީވެފައިވާ، ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްކަމުގައި ވުމަކީ އެމަނިކުފާނުގެ ތަސައްވުރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައީސް މިފަދައިން ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ. އެ ތަޤްރީރުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ދިވެހިރާއްޖޭގެ ކުރިމަގަށް ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ހުރިހާ މާނަ...

އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ: ރައީސް
Raajje

އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ: ރައީސް

އެކުވެރި ދައުލަތް (އދ.)ގެ ޤަރާރުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވެ، އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައީސް މިފަދައިން ގޮވައިލެއްވީ  އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ. މި ގޮވައިލެއްވުމާއެކު ރައީސް މުޢިއްޒު ވަނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމ...

އދ.ގެ ނިންމުންތައް ތަންފީޒުކުރުމަށް ރައީސް ގޮވައިލައްވައިފި
Raajje

އދ.ގެ ނިންމުންތައް ތަންފީޒުކުރުމަށް ރައީސް ގޮވައިލައްވައިފި

އެކުވެރި ދައުލަތް (އދ.) އިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައީސް މުޢިއްޒު މިކަމަށް ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ. މި ތަޤްރީރުގައި ރައީސް ވިދާޅުވީ، އދ. އިން ފަރުދީ ދިރިއުޅުމަށް ޙަޤީޤީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށެވެ. ހަމައެހެންމެ ރައީސް ވަނީ، އދ. އިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކ...

ފަލަސްތީނާއެކު ރާއްޖެ އޮންނާނެ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބާރުލުންދޭންޖެހޭ: ރައީސް
International

ފަލަސްތީނާއެކު ރާއްޖެ އޮންނާނެ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބާރުލުންދޭންޖެހޭ: ރައީސް

ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ އެ ރަށްޔިތުންނާއެކު ސާބިތުވެ އޮންނާނެކަމަށް ދިވެހި ސަރުކާރުން ދެމުން އަންނަ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއ އަނެއްކާވެސް ތަކުރާރު ކުރަށްވައިފިއެވެ. އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިވަގުތު ހުންނެވީ އެމެރިކާގައެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ސެޝަންގެ ހަވާސާގައި ރައީސް ގެންދަވަނީ ބައިނަލްއަޤްވާމީ އެކި ޤައުމުތަކުގެ ވެރިންނާ  ބައްދަލުކުރަށްވަމުންނެވެ. މިގޮތުން ރައީސް ވ...

އެއްވެސް މީހަކު ބާކީ ނުވާނެ ސިޔާސަތުތަކެއް އެކުލަވާލުމަށް ރައީސް ގޮވާލައްވައިފި
Raajje

އެއްވެސް މީހަކު ބާކީ ނުވާނެ ސިޔާސަތުތަކެއް އެކުލަވާލުމަށް ރައީސް ގޮވާލައްވައިފި

އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ގޮވައިލައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަރ “އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ”ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދުޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަން ފާހަގަކުރައްވަ...

ރައީސް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އާއި ބައްދަލުކުރަށްވައިފި
Raajje

ރައީސް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އާއި ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. މިގޮތުން ޚާއްސަގޮތެއްގައި ތަރައްޤީވަމުން އަންނަ ކ...

ޖަޒީރާ ގައުމުތަކަކީ ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭ: ރައީސް
Raajje

ޖަޒީރާ ގައުމުތަކަކީ ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭ: ރައީސް

ކުދި ޖަޒީރާ ގައުމުތަކަކީ މަލީގޮތުން ފުދުންތެރި، އިގްތިސާދީގޮތުން ކުރިއަރާފައިވާ އަދި ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެކުވެރި ދައުލަތްތައް (އދ.)ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ބައްދަލުވުމުގެ ކުރިން ކުރިއަށްދިޔަ ސިޑްސްގެ “ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް” ގެ ހަ...

ރައީސް އެމެރިކާ އަށް ވަޑައިގެންފި
Raajje

ރައީސް އެމެރިކާ އަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ. ރައީސް މުޢިއްޒު އެމެރިކާއަށް ކުރަށްވާ މި ދަތުރުފުޅަކީ، އެކުވެރި ދައުލަތްތައް (އދ.)ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ. ރައީސް އެމެރިކާއަށް ވަޑައިގެންނެވުމުން މަރުޙަބާވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޢަލީ ނަސީރު މުޙައްމަދެވެ. ރައީސްގެ މި ދަތުރުފުޅުގައި އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަޤުރީރު ކުރައްވަން ހަޖެހިފައިވާއިރު، އދ. ގެ ސ...

ރައީސް، އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަނީ
Raajje

ރައީސް، އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ. މި ދަތުރުފުޅުވެގެންދާނީ 17 ނޮވެމްބަރު 2024 ގައި ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ރައީސް އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ. ރައީސ...

”ގަސްއިންދުން އިތުރުކުރުމަކީ ތިމާވެއްޓަށްޓަކައި ޚަރަދުކުޑަ ޔަޤީންކަން ބޮޑު ހައްލެއް”
Raajje

”ގަސްއިންދުން އިތުރުކުރުމަކީ ތިމާވެއްޓަށްޓަކައި ޚަރަދުކުޑަ ޔަޤީންކަން ބޮޑު ހައްލެއް”

ފެހިކަން އިތުރުކޮށް ގަސްއިންދުން އިތުރުކުރުމަކީ ތިމާވެށި ސަަލާމަތްކުރުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ހައްލެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ އޯޒޯން ދުވަހާއި ގުޅިގެން އެކްސްގަސި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ޙައްލެއްކަމަށެވެ. މިއަދަކީ ބައިނަލްއަގްވ...

ޤައުމަށް ރީތި ނަން ހޯދައިދިން އެތުލީޓުންނަށް ރައީސްގެ މަރުޙަބާ
Raajje

ޤައުމަށް ރީތި ނަން ހޯދައިދިން އެތުލީޓުންނަށް ރައީސްގެ މަރުޙަބާ

ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ޙާޞިލްކޮށް، ޤައުމަށް ހޯދައިދިން ރީތިނަން ހޯދައިދީފައިވާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެ ޓީމަށް މަރުޙަބާ ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޙިއްޞާކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ބްރޯންޒް މެޑަލް ޙާޞިލްކޮށްފައި ވަނީ އަންހެން...

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް
Raajje

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހަމަޖައްސަވައިފިއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ކުރިން ހިންގަމުން އައީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުންނެވެ. މި ބަދަލުގެންނެވިކަން ހާމަކުރެއްވުމަށް ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވާގޮތުން މިގޮތަށް ހަމަޖެއްސެވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ސިއްހީ ވުޒާރާގެ ދަށަށ...