ރައީސް ޑރ. މުޙައްމަދު މުއިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

އދ.ގެ ގައުމީ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ރައީސް ތަގުރީރު ކުރައްވަނިކޮށް، އެ ތަގުރީރު ގެނެސްދިން ފޭސްބުކް ލައިވް އަށް މީހަކު ވަނީ ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެ ކޮމެންޓްކޮށްފައެވެ.

Ad
rt

ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނުމުގެ އިތުރުން އެމީހާ ވަނީ އެމީހާ ހައްޔަރުކުރަން އައުމަށް އެދި ފުލުހުންނަށް ނިސްބަތްކޮށް ވެސް ކޮމެންޓެއް ކޮށްފައެވެ.

އާންމު ފަރާތަކުން ވަނީ މި ކޮމެންޓްތައް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އެއާއިއެކު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ރައީސަށް ނިސްބަތްކޮށް ދީފައިވާ ސީރިއަސް އިންޒާތަކެއްގެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ރައީސަށް މަރުގެ އިންޒާރުދީފައި ވަނީ ''އަބްލޯރ މިޔަދް ޔޯސެފް'' ކިޔާ އެކައުންޓަކުންނެވެ. އެއީ ''ޑިޖިޓަލް ކްރިއޭޓާ'' އެއް ކަމަށް ޕްރޮފައިލްގައި ބުނެފަވެއެވެ.

ރާއްޖޭގެ ރައީސުންނަށް ނުރައްކާތެރި ކަންކަމާއި މީގެ ކުރީން ވަނީ ކުރިމަތިވެފައެވެ. މިގޮތުން ރައީސް މައުމޫން އަބުދުލްޤައްޔޫމް އަވަހާރަކޮށްލަން މީހަކު ވަޅިން ހަމަލާދީފައިވާއިރު، ރައީސް ޔާމީން އަބުދުލްޤައްޔޫމް އަވަހާރަކޮށްލުމަށް އެމަނިކުފާނު އިންނެވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިމެނެއެވެ.