ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ޙާޞިލްކޮށް، ޤައުމަށް ހޯދައިދިން ރީތިނަން ހޯދައިދީފައިވާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެ ޓީމަށް މަރުޙަބާ ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޙިއްޞާކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.
ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ބްރޯންޒް މެޑަލް ޙާޞިލްކޮށްފައި ވަނީ އަންހެން އަދި ފިރިހެން ހަތަރެއް ގުނަ ސަތޭކަ މީޓަރު ރިލޭއިން ނެވެ.
ރައީސް މުޢިއްޒު ވަނީ، ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ޙާޞިލްކޮށް، ދެއްކި ހުނަރާ ހިތްވަރަށް ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ ހާމަކުރައްވާ ސާބަސް ދެއްވައިފައެވެ.
— Dr Mohamed Muizzu (@MMuizzu) September 13, 2024
އިންޑިއާގެ ޗެންނާއީގައި މިމަހުގެ 11އިން 13އަށް ކުރިއަށް ދިޔަ ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން 16 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ.
މި މުބާރާތުގައި ދިވެހި ޒުވާން އެތުލެޓިކްސް ޓީމުން، އަންހެން އަދި ފިރިހެން 100 މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް ހޯދީ ރާއްޖޭގެ ޖޫނިއަރ އުމުރުފުރާގެ އައު ރެކޯޑަކާއިއެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!