މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ނަތީޖާއެއް ލިބުމަކީ އެދޭގޮތް: ރައީސް
Raajje

ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ނަތީޖާއެއް ލިބުމަކީ އެދޭގޮތް: ރައީސް

މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުގައި ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ލިބުމަކީ އެދިވަޑައިގަންނަވާ ގޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުތައް މިއަދު ފަށާފައިވާއިރު، މިއަދު ވަނީ އެސްއެސްސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާން ބާއްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ބައެއް މާއްދާތަކުގެ ޕްރެކްޓިކަލް ބައި ވަނީ ކުރިއ...

''ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ފިކުރު ނެތް ނަމަ ކަންކަން އިސްލާހެއް ނުވާނެ''
Raajje

''ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ފިކުރު ނެތް ނަމަ ކަންކަން އިސްލާހެއް ނުވާނެ''

ޤައުމަށް ދިމާވެފައިވާ މައްސަލަތައް، ޙައްލުކުރުމުގެ ޚިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ޤައުމުގެ ކަންކަން އިޞްލާޙުނުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރޭ، އެ ޔުނިވަރސިޓީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އަޅުގަނޑުމެންގެ ކިބައިގައި ޤައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތީވިއްޔާ، ޤައުމުގެ ކަންކަން އިޞްލާޙުވެގެންދާނީ...

އަސްކަރީ އާ އުޅަނދުތަކާއެކު ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ބާއްވައިފި
Raajje

އަސްކަރީ އާ އުޅަނދުތަކާއެކު ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، އަސްކަރީ އާ އުޅަނދުތަކާއެކު މަގުމަތީ ހިނގާލުމެއް މިއަދު ހަވީރު މާލޭގައި ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މި ހިނގާލުން ބައްލަވާލެއްވިއެވެ. މި ހިނގާލުން ފެށުނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށިންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ލަޝްކަރު ހުއްޓުމުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ....

މަޖީދިއްޔާ އަކީ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ": ރައީސް
Raajje

މަޖީދިއްޔާ އަކީ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ": ރައީސް

މަޖީދިއްޔާ ސްކޫލަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި “ޢިލްމީ ބަގީޗާ” ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދީއްޔާ ސްކޫލްގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި، މަޖީދިއްޔާގެ “ފަޚުރުވެރި ހިޔަލުން” މި ޤައުމަށް ގެނުވި ކުރިއެރުމާއި، “މަޖީދިއްޔަ ނޫރުން” މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތެވެ. ރައީސް ވިދާޅުވީ، މަޖީދިއްޔާއަކީ ދިވެ...

ދިވެހި ޑޮކްޓަރުންނަށް ރައީސްގެ ޝުކުރު
Raajje

ދިވެހި ޑޮކްޓަރުންނަށް ރައީސްގެ ޝުކުރު

ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ޝުކުރު އަދާކުރަށްވައިފިއެވެ. އެމަނިކުފާނު ދިވެހި ޑޮކްޓަރުންނަށް ޝުކުރު އަދާކުރެއްވީ އިއްޔެ ފާހަގަކުރި ދިވެހި ޑޮކްޓަރުންގެ ދުވަހާއި ގުޅުވައިގެން މީސްމީޑިއާގައި ލިޔުއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، ރައްޔިތުންގެ ދުޅަހެޔޮކަމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ. ”ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތު...

''މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނާ ހަމަޔަށް، ޕްރޮސެސިން ކެޕޭސިޓީ 365 ޓަނާ ހަމަޔަށް އިތުރު ކުރެވޭނެ''
Raajje

''މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނާ ހަމަޔަށް، ޕްރޮސެސިން ކެޕޭސިޓީ 365 ޓަނާ ހަމަޔަށް އިތުރު ކުރެވޭނެ''

ކުރިއަށް އޮތް ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު 25,000 ޓަނަށް އަދި ޕްރޮސެސްކުރެވޭ މިންވަރު 365 ޓަނަށް އިތުރުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި މިހާރު ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު ހުރީ 9,500 ޓަނު ހިސާބުގައެވެ. އަދި ޕްރޮސެސްކުރެވޭ މިންވަރު...

މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ކަންކަން މިދަނީ ހައްލުކޮށްދެމުން: ރައީސް
Raajje

މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ކަންކަން މިދަނީ ހައްލުކޮށްދެމުން: ރައީސް

މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ކަންކަން ހައްލުކޮށްދެއްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި، މަސްވެރިންނަށް ދިމާވެފައިވާ އައިސް އަދި ތެޔޮ ހޯދުމުގެ މައްސަލަތަކަށް ވަރަށްބޮޑު ޙައްލުތަކެއް ގެންނައުމަށް ދަނީ މަސައްކަތް ކުރަށްވަމުންނެވެ. ކަންކަން ހައްލުކޮށް ދެއްވަމ...

ބޭނުން ވަނީ ބިދޭސީންގެ ބަދަލުގައި ދިވެހިން މަސްދޯނިތަކަށް ދާން: ރައީސް
Raajje

ބޭނުން ވަނީ ބިދޭސީންގެ ބަދަލުގައި ދިވެހިން މަސްދޯނިތަކަށް ދާން: ރައީސް

ރާއްޖޭގެ މަސްދޯނިތަކުގައި މިހާރު މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި ދިވެހިން މަސްދޯނިތަކަށް ދިއުމަށް ބޭނުންވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު “ރައްޔިތުންނާއެކު” ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިހާރު މަސްދޯނިތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާއިރު، އެ ބިދޭސީން ބާލައި ނުވަތަ ފައިބައި އޭގެ ބަދަލުގައި ދިވެހިނ...

''މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވެން ފެށުމުން އެތައް ޒުވާނުންނެއް އަނބުރާ މަސްވެރިކަމަށް''
Raajje

''މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވެން ފެށުމުން އެތައް ޒުވާނުންނެއް އަނބުރާ މަސްވެރިކަމަށް''

މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވެން ފެށުމުން ކުރިން ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ޒުވާނުންނެއް އަނބުރާ މަސައްކަތަށް ނުކުމެފައިވާކަމަށް ރައީސް ޑރ.ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތު އޮތީ އެކި ސަބަބުތަކާ ހެދި ވަރަށް ބޮޑަށް ވަޅުޖެހިފައެވެ. އޭރު...

ދުންފަތް މަނާކުރުމުގެ ޤާނޫނު ހަދައި ނޮވެމްބަރުގައި ތަންފީޒުކުރަން ފަށަނީ
Raajje

ދުންފަތް މަނާކުރުމުގެ ޤާނޫނު ހަދައި ނޮވެމްބަރުގައި ތަންފީޒުކުރަން ފަށަނީ

ވަކި ޢުމުރުފުރާއަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ނޮވެމްބަރު 1 އިން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޖުމްލަ އާބާދީގެ 30 އިންސައްތައަކީ 2007 ވަނަ އަހަރުން...

ރައީސް މުޢިއްޒު މެއި 3 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ
Raajje

ރައީސް މުޢިއްޒު މެއި 3 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މެއި 3 އަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހާ ގުޅުވައިގެން ބޭއްވޭ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށް ރައީސް ވިދާޅު...

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރި ބިލު ތަސްދީޤު ކުރައްވައިފި
Raajje

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރި ބިލު ތަސްދީޤު ކުރައްވައިފި

ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރަށްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. ރައީސް މި ބިލު ތަސްދީގުކުރަށްވާފައި މި ވަނީ މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރިތާ މަދު ގަޑިތަކެއްގެ ތެރޭގައެވެ. މި ބިލަކީ، އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހި...

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ
Raajje

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މެލޭޝިޔާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި މެސެޖުގައި، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މަރުޙޫމް ޢަބްދުﷲ އަޙްމަދު ބަދާވީގެ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މަރުޙޫމް ބަދާވީއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް ޢާންމު ޚިދުމަތާއި މެލޭޝިޔާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައ...

މަޑުލު ވަހީދުގެ އަގުހުރި ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ: ރައީސް
Raajje

މަޑުލު ވަހީދުގެ އަގުހުރި ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ: ރައީސް

ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދުގެ އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. އުމުރުން 77 އަހަރުގައި، މަޑުލު ވަހީދު އިއްޔެ އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށެވެ. މަޑުލު ވަހީދުގެ ވަކިވެވަޑައިގަތުމާއި ގުޅިގެން ރައީސް މުޢިއްޒު އެ...

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ހޭލުންތެރިކުރުމަށް ޤައުމީ ކެމްޕޭނެއް ފަށަނީ
Raajje

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ހޭލުންތެރިކުރުމަށް ޤައުމީ ކެމްޕޭނެއް ފަށަނީ

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ޤައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމެވީ މިދިޔަ އާދިއްތަ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައި ވަޒީރުންގެ ލަފާފުޅާއެކުގައެވެ. މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮ...