މިނިސްޓްރީތަކަށް ގެންނެވި ބަދަލާއި އެކު އެކަމުގެ ހެޔޮ ނަތީޖާ ފެނޭ: ރައީސް
ވަޒީރުންގެ މަޖިލީހަށާއި ސަރުކާރުގެ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ އެމަނިކުފާނު ބަދަލުތައް ގެންނަވަންޖެހޭ ކ...