''މި މަހުގެ ފަހުކޮޅު ޑޮލަރު ލިމިޓަށް ލުޔެއް ލިބޭނެކަމުގެ އުންމީދެއް''
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅިގެން ބޭންކުން އަޅާފައިވާ ފިޔަވަޅުތަކަށް މި މަހުގެ ފަހުކޮޅު ލުޔެއް ދޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ”ބޭންކް އޮފް […]