އެމަނިކުފާނާއި ކެބިނެޓްގެ ހިމެނިވަޑައިގަންނަވާ ވަޒީރުންނާ ސުވާލު ކުރެވޭނެ ގޮތަށް ފޯރަމްތަކެއް ބާއްވަވައި ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރާއި ތާއިދާއި އެކީގައި އިންތިހާބު ވެގެން އަންނަނީ ރައްޔިތުންނަށް ކުލުނާއި ލޯތްބާއެކީގައި ހިދުމަތް ކުރަން ކަމަށެވެ. އަދި ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކުގައި މަސައްކަތް ކުރަން އަންނަ އިރުގައި ސަރުކާރުން މަސައްކަތް ކުރަނީ އެ މަގުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ އެގޮތަށް، އަޅުގަނޑު ވައުދުވެސްވިން، ވައުދު ނުވި ނަމަވެސް އަޅުގަނޑު ކަން ކުރާނެ ގޮތަކީވެސް ރައްޔިތުންނާއި ގާތަށް ދިއުން،" ރަައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފައްޓަވައި ވަގުތު ލިބިވަޑައިގަންނަވާ ގޮތަކުން އެ ދަތުރުފުޅުތައް ތަކުރާރު ކުރައްވާނެ ކަމަށެވެ. އަދި ވީ ވަރަކުން މާލޭގެ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވުމަށްޓަކައި ކޮންމެ ދެ މަހުން އެއް މަހު ވަޒީރުންގެ ފޯރަމް ބާއްވަވާނެ ކަމަށާއި ސީދާ އެމަނިކުފާނާ ސުވާލު ކުރަން ކޮންމެ ތިން މަހަކުން އެއް މަހު އެފަދަ ފޯރަމެއް ބާއްވަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ފޯރަމް އަންނަ މަހު ބާއްވަވާނެ ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ. ރައީސް އިއުލާން ކުރެއްވި ގޮތުގައި ވަޒީރުންގެ ފޯރަމް އަންނަ ހަފްތާގައި ބާއްވަވާނެއެވެ.

"އެއީ ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް އެ ފޯރަމްގައި އެ ވަގުތަކު ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެމްބާސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން ފަސް ބޭފުޅުން ގޮތަށް ދެ މަހުން އެއް މަހުން ޕަބްލިކް ފޯރަމް ބާއްވާނަން،" ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން ކުރަން ހުރި ސުވާލުތައް ލިބޭ ދެގަޑިއިރު ތެރޭގައި ކުރެވޭނެ،"