ބަޖެޓަށް ވޯޓަށް އެހުން އަންނަ ހޯމަ ދުވަހު، އެއަށްފަހު މަޖިލިސް ޗުއްޓީއަށް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރިޕޯޓަށް ވޯޓަށް އެހުމަށް ނިންމަވާފައިވާ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް އެވަގުތާއި ހަމައަށް 37 މެންބަރަކު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން...